މިއަހަރު ރާއްޖެގެ ގައުމީ އުފެއްދުންތެރިކަން ނުުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްްޓް(ޖީޑީޕީ) 13 ޕަސެންޓް ކުރިއަރާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެގޮތަށް ވިދާޅުވީ މެދު ރާއްޖޭގެ ކައުންސިލަރުންނަށް އަމާޒުކޮށް އއ. އުކުޅަހުގައި މިއަދު ފެށި ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަމީރުގެ ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ ވަބާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަށް ކުރި އަސަރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑާއި ހުރެ ގައުމީ އުފެއްދުންތެރިކަން 33.5 ޕަސެންޓަށް ވެއްޓި ދައުލަތުގެ އާމްދަނީ 50 ޕަސެންޓް ދަށަށް ދިޔަ ކަމަށެވެ.

ނަމަވެސް މިހާރު މަންޒަރު ބަދަލުވެ އިގްތިސާދީ ގޮތުން ހޮޔޮ ބަދަލުތައް ފެންނަން ފަށައިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލަފާކުރީ 2021 ވަނަ އަހަރު 37 ޕަސަންޓް ކުރިއަރާނެ ކަމަށް. މިއަހަރު 13 ޕަސަންޓް ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ. 2023 ވަނަ އަހަރު 9.7 ޕަސަންޓް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކޮރަލް

    ވޯލްޑޤ ބޭންކް އިން ދައްކާ ވާހަކަ މީނަ އަޑެއް ނާހަ އެވެ.

    16
  2. ވަޒީރެއާލާ

    "އަޅުގަނޑުމެން ލަފާކުރީ 2021 ވަނަ އަހަރު 37 ޕަސަންޓް ކުރިއަރާނެ ކަމަށް. މިއަހަރު 13 ޕަސަންޓް ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ. 2023 ވަނަ އަހަރު 9.7 ޕަސަންޓް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

    އިގްތިސޯދަށް ހެޔޮ ބަދަލު އަންނަކަން އެނގޭތާ؟ 2021ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރީ 37ޕަސެންޓް.އެއާ ގާތްކުރާ ވަރަށްވެސް ކުރިނޭރީމާ މިއަހަރަށް ލަފާކުރީ އެތައްގުނަ ދަށް އަދަދެއް. އެއީ13ޕަސެންޓް. މިއަހަރު އެވަރުވެސް ކުރި ނާރާނެކަން މިހާރު ޔަގީންވީމާ އަންނަ އަހަރު 2023ވަނަ އަހަރަށް ލަފާކުރީ ކުރީ އަހަރަށްވުރެވެސް ދަށް އަދަދެއް އެއް އަކުރުގެ އަދަދެއް. 9ޕަސެންޓް. އެހެންވީމާ އަހަރެއް އަހަރަކަށް ވުރެ އިގްތިސޯދު މިހިރަދަނީ ކުރިއަށްތޯ ދަށަށްތޯވެސް ނޭގޭ.

    19
  3. ދޮންކަލޯ

    މިއަހަރު ރާއްޖޭގެ ޖީޑީޕީ %50 ކުރިއަރާނެ.

    3
    5
  4. ޒާ

    ކުރި އަރާކަން އެބައެނގޭ ބާޒާރުގެ އަގުތަކުންވެސް ނޭންގި ތިއްބާ އަތްނުފޯރާފަށް ހުރިހާ މުދަލެއް އަގު ބޮޑުކޮށްފި. ލަންކާއަށް ނުވިއްޔާ ރަނގަޅު.

    16
  5. ހަރަސް

    ޖީޑީޕީ ހިސާބުކުރަން ގެންގުޅޭ ފޯމިޔުލާ މިތާ ޖަހާލަބަލަ!

    • ކަމަނަ

      ރައްޔިތެއްގެ ބޮލައް ޖެހޭ ދަރަނި ކިހާވަރަކަށް އަރާނެބާ؟

      12
  6. ޙަބީބު

    ޖީޑީޕީ ކުރިނާރަންވީ ސަބަބެއް ނެތް ޔާ މިން ވެރިކަ މުން ފޭބިއިރު މުޅި މިސަރަހައްދުގެ އެން މެވަރުގަދަ ރަންވޭ ދުނިޔޭގެ އެން މެބޮޑު ސީޕްލޭންޓާ މިނާ މާފަރު އެއާޕޯޓާ ދުނިޔޭގެ އެން މެ މުއްސަނދި ރިޒްކާޓަން ވެލާ ޖޯލި އިތާފުށި ޕަޓީނާ މޯލްޑިވްސް ޑޮލަރު ފުރަންދާ ކޮން މެ ދިވެއްސަކައް 500 ވީމ މާ ޖީޑީޕީ މޮޔައަކައްވެސް ހަމަޔަކައް އެޅުވެންވާނެ

    10
  7. ވަގުތު

    އިންޝާﷲ މިކަހަލަ ގަމާރަކު ބުނާ ވާހަކައެއް ދުވަހަކުވެސް ދިމާ ނުވާނެ.

  8. އަހުމަދު

    އެއީ ޖަގަޑާ ޕާޓީ ކުރި އަރާ ވާހަކަ ކަމައް ވެދާނެ

  9. އަހާ

    (މިނިސްޓަރުކަން ނުލިބޭއިރު) ވާހަކަ ދައްކަން ވސަޅި
    މިހާރު ބައްކައްކާ ކުޅޭހެން ހީވަނީ

  10. ގޯރަން

    އެބުނާ މޯގަން އަކަށްވުރެ މީނަ މާގަދަ ދޯ

  11. ރާއްޖެތެރެ

    ހަގީގަތުގަ މިހާރު މި މީހުން މިއުޅެނީ ކަމެއް ފޮރުވަން. ހަގީގަތުގަ އިންޑިޔާއާ ގުޅިގެން ރާއްޖެ ބަގުރޫޓްކޮއްލަން ރާވާ ރޭވުންތައް ފަޅާއަރާތީ އެމްޑީޕީ ޖެހިލުންވެއްޖެ.

  12. އަހުމަދު

    ދެއިރު ދޭއްޗެކޭ މިގޮލާ މިކިޔަނީ..ކުރިން ފަހަރުވެސް ބަޖެޓުގަ ލާރި އެބަ ހުއްޓޭ ކިޔާފަ އޭގެ ދެދުވަސް ފަހުން ޕޯޑިއަމްއެއްގަ ކިޔަނީ ބަޖެޓުގަ ލާރި ނެތޭ...މިފަހަރުވެސް މި ހަދަނީ އެހެން......އޮޅުވާލަން ވެސް ތިވަރު ނުވާށޭ

  13. ސސ

    13 ޕަސެންޓު ގުނަންތިއްބާ ދަރަނި އެއޮތީ ޖީޑީޕީގެ 122 ޕަސަންޓަށް އަރާފަ. ދެން އިތުރު ވާހަކަ ދައްކާނެ ކަމެއްނެތް.

  14. ދޮގު

    މިކަލޭގެއަކީ ހަމަ ރޯނު އެދުރެއް މީނާ ވެރިކަމައް އަންނަންވެގެން ދެއްކި ވާހަކަ މިހާރު ކޮބާ ގައުމު ވިކާ ހުސްކޮށްފި ޤައިީ ތިޖޫރީގާ އެއްވެސް އެއްޗެއް ނެތް

  15. Anonymous

    ކަލޭގެ ޖީބައް ވަންނަ ވަރުގެ ކުރިއެރުމެއްތީ

  16. ޑައެލޯގް

    އެކަމެއް ނޭގެއެވެ. ނޫޑުލްސް ކޭސް 118 ން 145 އަށް، އިންޑޯމިލްކް 145ން 185އަށް، ސްޕައިސީ ރާމަންކޭސް 500ން800އަށް، ސޯކްލިން 230ން 260އަށް ވަނީ ބޮޑުވެފައެވެ. ޑޮލަރެއްނުލިބެއެވެ. ދެން ޖީޑީޕީ މަތިވިއަސް ރައްޔިތަކަށްކުރާފައިދާއެއްނެތެވެ. ތިހަދަނީދޮގެކެވެ.