ސްޕެއިންގެ ބާސެލޯނާގައި ހިނގަމުންދާ ވޯލްޑް މޮބައިލް ކޮންގްރެސް 2018 ގައި ދުނިޔޭގެ މަޝްހޫރު މޯބައިލް ބްރޭންޑު، ސެމްސަންގެ ގެލެކްސީ 9 އާއި ގެލެކްސީ އެސް9 ޕްލަސް ދައްކާލައިފިއެވެ.

ބަލާ ބެލުމްށް އެސް8 އާ މާ ބޮޑު ތަފާތެއް ނެތަސް އެކުންފުނީގެ އާ ފޯނު މި ފަހަރު އެސް8 އަށް ވުރެ ބަރެވެ. އަދި އޭގެ ފިންގަ ޕްރިންޓު ސްކޭނާ އެވެ.

ގެލަކްސީ އެސް9 އާއި އެސް9 ޕްލަސްއަށް ބާރުގަދަ ސްޕީކަރެއްވެސް ވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިފަހަރުގެ ފޯނުގައި ހަރުކޮށްފައިވަނީ ސްޓީރިއޯ ސްޕީކަރެކެވެ.

އެސް8 އެންމެ މަޝްހޫރުވެފައިވަނީ އޭގެ މޮޅު ކެމެރާއިން ކަމަށް ވިޔަސް ސެމްސަންގަ ގެލެކްސީގެ އާއިލާއަށް އުފަންވާ އެސް9ގެ ކެމެރާ އެއަށްވުރެ އެޑްވާންސް އަދި މޮޅުވާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ވޯލްޑް މޮބައިލް ކޮންގްރެސްގައި އެ ފޯނު ދައްކާފައި ވީ ނަމަވެސް އަދި ބާޒާރަށް ނުނެރެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު