ދުނިޔެއަށް އެންމެ މަޝްހޫރުވި ވަރުގަދަ، ނޮކިއާ ބްރޭންޑުގެ 8110 މޮޑެލްގެ ފޯނު އަލުން ބާޒާރަށް ނެރެން ނިންމައިފިއެވެ.

ނޮކިއާގެ 8110 މޮޑެލްގެ ފޯނަށް ދީފައިވާ އާންމު ނަމުން ނަމަ، ބަނާނާ ފޯނު މިފަހަރު ނެރެނީ ނޮކިއާ ކުންފުނިންނެއް ނޫނެވެ. މިފަހަރު ނެރެނީ އެޗްއެމްޑީ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް އެ ފޯނު ނެރެނީ ނޮކިއާގެ ނަން ބޭނުން ކުރުމުގެ ހުއްދަ އެކުންފުނިން ނަގައިގެންނެވެ.

އެޗްއެމްޑީން އެ ލައިސެންސް ނަގާފައިވަނީ މިދިޔަ އަހަރުއެވެ. އެ އެއްބަސްވުމުގެ ދަށުން ނޮކިއާގެ ނަން މަތީގައި ފޯނު އުފައްދައިގެން ވިއްކުމުގެ ގާނޫނީ ބާރު އެކުންފުންޏަށް ވަނީ ލިބިފައެވެ.

"ބަނާނާ ފޯނު" އަލުން މާކެޓަށް ނެރޭ އިރު ފޯނަށް ފޯޖީ ލިބުމާއި، ބެޓަރި ވަރުގަދަ ވާނެ ކަމަށް އެޗްއެމްޑީން ބުނެއެވެ.