ގދ.މާވަރުލު އެއަރޕޯޓާއި ހދ.ކުޅުދުއްފުށީ އެއާޕޯޓާއި ށ.ފުނަދޫ އެއާޕޯޓަށް ބޭނުންވާ ތަކެތި ހޯދަން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ތިން އެއާޕޯޓަށް ބޭނުންވާ ފަޔަރ ލޮރީ އާއި ފަޔަރ ފައިޓިންގ އިކުއިޕްމަންޓްސް އާއި އޮޕަރޭޝަނަލް އިކުއިޕްމަންޓްސް އާއި ސެކިޔުރިޓީ އިކުއިޕްމަންޓްސް އާއި ނެވިގޭޝަނަލް އަދި މެޓް އިކުއިޕްމަންޓްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 27 ފެބުރުވަރީ 2018 އިން 11 މާރިޗު 2018 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް ފިނޭންސް ނިސްޓްރީ އިންނެވެ. ބީލަންފޮތްތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭ އަދަދު އިއުލާނުގައި ވަނީ ހިމަނުއްވާފައެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ 5 އިންސައްތައެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 އިންސައްތަ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 މާރިޗު 05 ވާ ހޯމަ ދުވަހު އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 މާރިޗު 14 ވާ ބުދަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުޝާމް

    މަޑިޕާޓީ ކުދިންނަށް ނުކެރުނު ދޯ ކޮމެންޓެއް ކޮއްލާކަށް ވެސް

  2. މީޒްލީ

    148 5 މަސްދުވަސް ، ހާދަދުވަހެކޭ