ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންތައް ދުރާލާ އިންތިޒާމުކޮށް، ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މީރާ އިން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ ޖުލައި މަހުގެ ފަހު ހަފްތާގައި ސަރުކާރު އަދި ބޭންކްތައް ބަންދުވާއިރު، ގިނަ ދުވަސްތަކަކަށްފަހު މިތަންތަން ހުޅުވޭ ދުވަަހަކީ ޓެކްސްގެ މުހިންމު ސުންގަޑިތަކެއް އަންނަ ދުވަހަކަށް ވާތީއެވެ.

މި ގޮތުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާންހުށަހަޅައި ފައިސާ ދައްކަން ޖެހެއެވެ. އަދި ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާންހުށަހަޅައި ފައިސާ ދައްކަން ޖެހޭއިރު، ޖޫން 2022 ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހެއެވެ. އަދި 2022 ގެ އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހެއެވެ.

މީރާ އިން މައުލޫމާތުދޭގޮތުގައި އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާންހުށަހަޅަންޖެހޭނީ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 2021 ވަނަ އަހަރު ދައްކަންޖެހުނު ޓެކުހުގެ އަދަދު 20,000ރ. އަށްވުރެ އިތުރުވާ ފަރާތްތަކުންނެވެ. އަދި، 2022 ވަނަ އަހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސްއަހަރުކަމުގައި ވާނަމަ އަންދާޒާކުރާ ޓެކުހުގެ އަދަދު 20,000ރ.އަށް ވުރެ އިތުރުވާ ނަމައެވެ.

މިރާ އިން މައުލޫމާތުދޭގޮތުގައި، ޓެކްސްތަކަށް އޮންލައިންކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ބުނެފައެވެ.

އަދި ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަކީވެސް މީރާކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކެއްކަމުގައި ވާތީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް މީރާކަނެކްޓްބޭނުންކުރުމަށް އިސްކަންދިނުމަށް މީރާއިން ވަނީ އެދިފައެވެ.

ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ރަސްމީ ގަޑީގައި މީރާގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ ވައިބަރ ނަންބަރު 9821415 އަށް މެސެޖްކުރުމަށް މީރާއިން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސައްލެ

    ހާދަ ލާރިއެކޭ ތިތަނަށް އެވަންނަނީ ލާރިއަށް ވާގޮތެއްނޭންގޭ

    • ޓެކްސް ސޯލިހު އައުޓް

      ކަނީ ކަނީ ކަނީ

  2. ރިސޯޓު މަހުޖަނުންގެ އަޅު މީރާ އުވާލާ!!!!

    ބަލަގަ ބޮޑ ބަންދެން އައިމަ އެވަރަށް ޑެޑްލައިން އެކްސްޓޭންޑް ކުރަން ޖެހޭނޭ.... ތަރައްގީ ނުވާ، ނާތަހުޒީބު މިރާ!! އާދައިގެ ވިޔަފާރިތައް ފެލާ މީރާ މީހަމަ ބަލާވެރިކަމެއް!!!

  3. ނާދިރު

    މިދިޔަ އަހަރުތަކުގައި އިންޓެރިމް ޓެކްސް ހުށަހެޅުން މެދުކަޑާލާފައި، ކުއްލިއަކަށް މިއަދު މީރާއިން ނޫސްތައް މެދުވެރިކޮއް އެއަންގަނީ އިންޓެރިމް ޓެކްސް ހުށަހަޅާށޭ 10 ދުވަހަށް ވީމަ. މި ކޮންކަހަލަ ވިޔާނުދާ އުސޫލެއްތޯ؟؟؟ ސަރުކާރުގެ އިހުމާލުން ދައުލަތުގެ މާލިއްޔަތު ފޫދާއިރުވެސް ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަނުކޮށް، ވިޔަފާރި ވެރިން ފެލައިގެން ހޯދޭ ވަރު އަދިވެސް މަދުކަމަށް އަނެއްކާ އަނެއް އުނދަގުލެއް ޖައްސަނީ...އެެވެސް ފަހު ވަގުތު 10 ދުވަހަށް ވީމަ ނޫސްތައް މެދުވެރިކޮށް އަންގާލައިގެން.....މެއިލަކުން ސިޓީ އަކުންވެސް އިންޓަރިމް ޓެކްސް ހުށަހަޅަން ޖެހޭކަމަށް ޓެކްސް ޕޭޔަރުންނަށް ތިޔަ މީރާ އަކުން ކުރިއަކުން މިއަހަރަކު އަންގާފައެއް ނެތް. މިހާ ހަލުވި މިނުގައި 10 ދުވަހުގެ ޑޭޑްލައިން ލދީފަ ރިސޯޓުތަކުގެ ކުލި އެތައް ބިލިއަނަކުން ނުދައްކާ ތިބި މީހުންގެ އަތުން އެފައިސާ ހޯދާން ވީން ނޫންތޯ މީރާއިން ކީއްވެތޯ އެމީހުން ފަހާ ނުދުވަނީ؟ އަބަދުވެސް ތި އޮންނަނީ އާދައިގެ ވިޔަފާރިތައް ފެލުން!!!!

  4. ކަންމަތީ ސޭޓު

    މިރާ އަކީ ރިސޯޓު މަހުޖަނުންގެ ޕަޕެޓެއް.. މީރާއަކީ ކުދި އަދި މެދު ވިޔަފާރިތައް ފެލާ، ގިއްގަޅުވާ، ބިރުދައްކާ، އިނދަ ޖައްސާ ބައިގަނޑެއް.. މީރާއަކީ ރިސޯޓު މަހުޖަނުންގެ އަޑީ ދައުލަތް ހިމާޔަތްކުރާ، އެހެން ވިޔަފާރިތަކަށް ޖެހިފައި ހުރި ބޮޑު މުސީބާތެއް!!! މިގައުމަށް ބޭނުންވަނީ މީރާއާ ބޭންކު އޮފް މޯލްޑިވްސްގެ ބަލާއިން ސައްހަގޮތުގައި ހިންގާ އާދައިގެ ވިޔަފާރިތައް ސަލާމަތް ކުރާނެ ވަރުގެ ކެރުމާ ފެންވަރާ ހިކުމަތް ހުރި ވެރިއެއް!! ޓޫރިޒަމް ދާއިރާގެ އާދައިގެ ވިޔަފާރިތަކަށް 5000 ޑޮލަރު ވަނަސް އެ ރިލީސް ނުކޮއް ބަލާބޮޑު އެބަ ކުރޭ ބޭންކުން.. ބޭނުންވަނީ ފުލުފުލުން ޓެކްސް ބޮޑުކޮށްގެން ނޫން ގޮތަކަށް ގައުމު ހިންގަން ނުދަންނަ ވެރިއެއްގެ ބަދަލުގައި، ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަވެސް އެތައް ސަތޭކަ ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރަން ކެރޭ އިހުލާސްތެރި ގަޓު ވެރިއެއް!!! އެއަކީ ސޯލިހެއް ނޫންކަން ހަމަ ޔަގީން!!

  5. ތެކުސް

    ހަމަ އެކަނި އާދައިގެ ކުޑަ ފިހާރަތަކުން އެކަނި ދައްކަން އޮންނަ އެއްޗެއް...