2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެވަޑައިގަތް ވައުދުގެ ތެރެއިން "ނަރުދަމާއިން އުންމީދީ ދިރިއުޅުން"، މި ޝިއާރުގެ ދަށުން ރާއްޖޭގެ އިތުރު 20 ރަށެއްގައި ނަރުދަމާ ގާއިމު ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިޔާތެއްގައި 20 ރަށުގެ ނަރުދަމާ ގާއިމު ކުރުމަށް ފެނަކާ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ފެނަކައިގެ އެކްޓިން މެނޭޖަރ އަހްމަދު ލައްމާން އެވެ. އަދި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އެވެ. އަދި މި މަޝްރޫއު ހަވާލު ކުރި ލަންކާގެ ހައިކާވީލްސްގެ ގެ ފަރާތުން ސޮއިކުރެއްވީ ރަޖުދާ ކަޔޯސަން އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

މި މަޝްރޫގެ ދަށުން ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މައްސަކަތް ހަވާލު ކުރެވުނު ރަށްތަކަކީ ހއ. މާރަންދޫ، ހއ. ވަށަފަރު، ހދ. ފިނޭ، ހދ. ވައިކަރަދޫ، ށ. ފޯކައިދޫ، ނ. މާފަރު، ނ. ޅޮހި، ރ. ކިނޮޅަސް، ބ. ކަމަދޫ، ބ. މާޅޮސް، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ގުޅި، އއ. ފެރިދޫ، ވ. ކެޔޮދޫ، އދ. ދިގުރަށް، ތ. ހިރިލަންދޫ، ގއ. ދެއްވަދޫ އަދި ގދ. ހޯނޑެއްދޫ, ވ.ފެލިދޫއެވެ.

މިއަދު ބޭއްވުނު ސޮއިކުރުމުގެ ރަސްމިޔާތުގައި މި 20 ރަށް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުންވެސް ބައިވެރިވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

މި މަޝްރޫއާއި ގުޅޭގޮތުން " ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެންވާރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ މިއީ ކޮންޓްރެކްޓަރ ފައިނޭސްގެ އުސޫލުން ކުރިއަށް ގެންދާ މަޝްއޫއެއް ކަމަށާއި މި ފްރޮޖެކްޓަށް 52 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު ލައްމާން ވިދާޅުވީ މިއަދަކީ ފެނަކައިގެ ތާރީހުގައިވެސް އަނެއްކާވެސް ތާރީހީ ދުވަހެއް ކަމަށެވެ. ލައްމާން ވިދާޅުވީ މިއަދަކީ 2013 ވަނަ އަހަރު ރައީސް ޔާމީން ވެވަޑައިގަތް ނަރުދަމާއިން އުންމީދީ ދިރިއުޅުން މި ބިޔަ މަޝްރޫގެ ތެރެއަށް އިތުރު 20 ރަށެއް އިތުރުވެގެން ދިޔަ ދުވަސް ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

"މީހާރުވެސް ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާ ބެލެހެއްޓުމުގައި ފެނަކައިން ޒިންމާ އުފުލަމުންދާއިރު , މި މަޝްރޫއު ނިމިގެން ދާއިރު މިއިން ކޮންމެ ރަށެއްގައި ވަޒީފާގެ އިތުރު ފުރުސަތު ތަކެއް އުފެދިގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުން ހަގީގަތަކަށް ވާނެ " ލައްމާން ވިދާޅުވިއެވެ.

ލައްމާން ވިދާޅުވި ގޮތުގައި މި މަސައްކަތް ނިމުމުން މި 20 ރަށުގެ ނަރުދަމާ ހިންގާ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާއި ފެނަކައިން ހަވާލުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިރުސް

    މި މަޝްރޫ ފަށާނީ ކޮންދުވަހެއްގައިތޯ އަދި ނިމޭނީ ކޮންދުވަހެއްގައިތޯ ސުވާލުކޮށްލަން ބޭނުން އަދި ރައީސް ޔާމީން އަށް ވަރަށް ބޮޑަށްޝުކުރިޔާ'

  2. ނަސް

    މިވަރުގެ ރަޢިސް އެއް ހުއްޓާ ދެން ކީއްކުރަން އެހެންމީހެއް ހޯދަން ހިތުވެސް ލާން ވީކީ.

  3. ވަތަން

    ސާބަސް ރައީސް ޔާމީން. ތިޔައީ ގައުމު ފަހުރުވެރިވާ ރައީސް އަކީ.

  4. މިގެސަދެއެރްދެ

    ސާބަހޭ .ތިޔައީ ޒައިމެ އަދު ލޮބުވެތި ދިވެހި ގައުމު ފަހުރުވެރިވާން.

  5. ދެޓްވޭ

    ވިހިރަށެއްގެ ނަރުދަމާގެ މަޝްރޫއު އަށް 800 މިލިއަން ރުފިޔާ އެއީ ވަރަށް ބޮޑު އަދަދެއް ދަ ރާއްޖެތެރެއަށް އަޅާ ބަލާއިރު ތިޔާ ފައިސާ އިން ގުޅިފަޅު ހިއްކާ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ކޮންމެ ވިޔަފާރި ކުންފުންނަކަށް 200 އަކަފޫޓް މަހަކު އަކަފޫޓަކަށް 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަހަށް ކުއްޔަށް ދޫކުރި ނަމަ އެފައިސާ އަނބުރާ ލިބޭނެއޭ ޔޭއް ނޯ މެޓަރ ވަޓް ކްރިޓިކްސް ސޭ އައި ވޯންޓް އިޓް ދެޓް ވޭ ދެޓް ވޭ...