ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު މާދަމާއިން ފެށިގެން އިތުރުކުރަން ނިންމައިފި އެވެ.

މީގެ ކުރިން 10،000 ރުފިޔާ އަމިއްލަ އެކައުންޓްއިން އޭޓީއެމްއިން ނެގޭއިރު މާދަމާއިން ފެށިގެން 25،000 ނެގޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން މިހާރު ބޭންކް މެދުވެރިކޮށް އަދާ ކުރެވޭ އަދުގެ ދެގުނަ މާދަމާއިން ފެށިގެން ޖަމާ ކުރެވޭނެއެވެ. މިހާރު އޭޓީއެމް މެދުކޮރިކޮށް ދުވާލެއްގެ މައްޗަށް ޖަމާކުރެވެނީ 25،000 ރުފިޔާއެވެ. މާދަމާއިން ފެށިގެން 50،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

މިބަދަލާއެކު ޑޮލަރުގެ މުއާމަލާތްތަކަށް ވެސް ބަދަލު އަންނާނެ އެވެ. އެގޮތުން މާދަމާއިން ފެށިގެން އޭޓީއެމް އިން ދުވާލަކަށް 1،600 ޑޮލަރު ނެގޭއިރު، 3،200 ޑޮލަރު ޖަމާކުރެވޭނެ އެވެ.

މާދަމާއިން ފެށިގެން، މާލޭގެ ބްރާންޗްތަކަށް ނުވަތަ ސެލްފް ސާވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ރަށެއްގެ ބްރާންޗަކަށް 25،000ރ. އިން ދަށުގެ އަދަދެއް ޖަމާކުރާ ނަމަ 75ރ.ގެ ފީއެއް ނަގަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ނުލިބޭ ބްރާންޗްތަކުން ޖަމާކުރާއިރު، އެ ފީއެއް ނުނަގާނެ އެވެ. އެހެންނަމަވެސް، އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗްތަކުން ހިދުމަތް ހޯދަން ދާ އުމުރުން ދުވަސްވީ މީހުންނަށް މި ބަދަލުތަކާ އެކު ވެސް އެއްވެސް ފީއެއް ނުނަގާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބުނެވޭނެ 25000 ނަގާފަ ކުލިދެކުމާއިއެހެނިހެން ކަންކަން ކޮށް ހުސްވީޔޭ ދަރިންގެ ޚަރަދު ކޯޓަށް ވެސް....

  2. މަރުހަބާ!

  3. ކޮންމެސް މީހެއް

    ޢެއް ސުމެއް މަދު

  4. ހެޔޮ

  5. ސާބަހޭ ބީ އެމް އެލް.... ސާބަހޭ ހީލީ.... ޔޫ އެންޑް ޔުއަރ ޓީމް ރޮކްސް....

  6. 25000 ރުފިޔާއިންދަށުގެ އަދަދެއް އޭޓީއެމައް ޖަމާކުރާނަމަ 75 ރުފިޔާ ނެގުމުގެ ބޭނުމަކީކޮބާ، ބެންކް އޮފްމޯލްޑިވްސް، ހަރާމް ލާރި މީހުން އަތުން ޖަހައިގަތުން،

    • އަލުން ލިޔުން ކިޔާލުން ރަނގަޅު

    • ބްރަދަރ. ޢޭޓި އެމް އިން ޖަމާ ކުރަންޔާ ނުޖެހޭޔޯ 75/- އިތުރަށް ލާކަށް. ޢެއީ ބޭންކަށް ގޮސް ކިޔޫގަ ޖެހިގެން ކުރަންޔާ ނަގާ ފީއެއް.

    • ައަހުމަދު

      އޭޓީއެމް އިން ނަގާ ވާހަކައެއް ނޫން އެއީ. ބްރާންޗް ކައުންޓަރައް ޖަމާކުރަން 75 ނަގާނީ

  7. 50 ރުފިޔާ ޖަމާކުރާއިރައް 75 ރުފިޔާ ކާލާނަމޯ،

  8. މިގޮތުންވެސް އެއްޗެއް ކެތުވޭތޯ ބަލާނެ.. ޝުކުރިއްޔާ ރައީސް ޔާމީން!!

  9. ޥަރައް ދެރަ. ފަގީޜުން ބޮޑަށް ފަގީރު ވާއިރު، މުއްސަނދިން އިތުރަށް މުއްސަނދި ވަނި!