ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑު އަމިއްލައަށް ތައްޔާރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.

"ކްރިއޭޓް ޔުއާ އޯން ގިފްޓް ކާޑް"ގެ ނަމުގައި ތައާރަފުކުރި މި ހިދުމަތުގެ ދަށުން ބީއެމްއެލް ގިފްޓް ކާޑް ބޭނުން ގޮތަކަށް ޑިޒައިންކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

ބީއެމްއެލް ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް މިޚިދުމަތް ހޯދޭއިރު، ސައިޓުގައި މިކަމަށް ހާއްސަ ޕޯޓަލް އަށް ލޮގިން ކުރުމަށް ފަހު ބޭނުންވާ ފޮޓޯ އާއި މެސެޖެއް ލިޔެލެވޭނެ އެވެ. ބޭނުންނަމަ މި ޕޯޓަލްގައި ހުރި ފޮޓޯ ވެސް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ އަމިއްލައަށް ވެސް ފޮޓޯއެއް ނެގިދާނެ އެވެ. އަދި ކާޑުގައި ބޭނުންވާ ފައިސާގެ އަދަދެއް ހިމެނޭނެ އެވެ. މި ހިދުމަތަށް އެޕްލައި ކުރުމުން ބްރާންޗު ހުރި ރަށެއްނަމަ ތިން ދުވަހުގެ ތެރޭގައި ކާޑު ލިބޭނެ އެވެ. އަދި ބްރާންޗެއް ނެތް ރަށެއް ނަމަ 10 ދުވަހުގެ ތެރޭގައި ކާޑު ލިބޭނެ އެވެ..

ބީއެމްއެލްއިން ގިފްޓް ކާޑުގެ ހިދުމަތް ތައާރަފުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. ބީއެމްއެލް ޕީއޯއެސްއިން މިޚިދުމަތް ލިބޭއިރު ދެން މިގެނާ ބަދަލާއެކު މިޚިދުމަތް ލިބިގަންނަ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންނި

    ކާކުތަ ނިދާހެދުމުގަ

  2. ބާބަ

    މީވާފިސާރެ ބެންކެއް މިނޫނީ ނުހުންނާނެ އާމު ރައްޔިތުން ފެލައިގެން ހިންގާ އެއްވެސް ބެންކެއް. ރައްޔިތުން ފެލާ