ނިލަންދޫ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރުމަށް ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން – ފޮޓޯ: ބީއެމްއެލް
ނިލަންދޫ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރުމަށް ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން – ފޮޓޯ: ބީއެމްއެލް

އަތޮޅުތަކުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ސީއެސްއާރު ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގެރާމް އިފްތިތާހުކޮށްފައި ވަނީ އިއްޔެ ހަވީރު ފ.ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ރަށުގެ އާންމުން ބޭނުންކުރާ ލައިބްރަރީ އަށް ބޭންކުން ވަނީ ފޮތްތަކެއް ހަދިޔާކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ބޭންކުގެ ކޮންމެ ބްރާންޗަކަށްވެސް އެ ބްރާންޗެއް ހިމެނޭ ސަރަހައްދެއްގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ބަޖެޓެއް ކަނޑައެޅިފައެވެ. މި ގޮތުން ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ދާއިރާ ތަކަކީ ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކާއި، ތައުލީމް، ކުޅިވަރު އަދި ތިމާވެށީގެ ދާއިރާއެވެ.

އަމިއްލަ ފަރުދުންނާއި މަދަނީ ޖަމިއްޔާތަކުން، ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާ ހުރި ހަރަކާތްތަކުގެ ޕްރޮޕޯސަލް އެއަތޮޅެއްގައި ގާއިމްކޮށްފައިވާ. ބޭންކުގެ ބްރާންޗަކަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއްވައެވެ.

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ބޭންކުގެ ހިދުމަތްތައް ލިބޭ މުޖުތަމައު ތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރުތެރޭ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު