ﷲގެ އިރާދަފުޅާއެކު ބައެއް ފުޑްކޯޓްތައް އޭޕްރީލްމަހު ހުޅުވޭނެކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެސްޓީއޯ އިން ތަރައްގީ ކުރާ ފުޑް ކޯޓުގެ އަމީނީމަގާވީ ފަޅި އަންނަ އޭޕްރީލް މަހު ހުޅުވާއިރު، އިއްޒުއްދީން މަގާވީ ފަޅި، އަންނަ ރޯދަ މަހުގެ ކުރިން މޭ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ކުރިން ވިދާޅުވެފައި ވަނީ އެތަނުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ދިމާވި ބައެއް ދަތިތަކާ ހުރެ މަސައްކަތްވަނީ މަޑުޖެހިފައެވެ. އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެ ނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1260 އަކަފޫޓު އަދި 1660 އަކަފޫޓުގެ ކެފޭތަކެވެ.

ހާބަރު ސަރަހައްދުގައި ހަދާ ކެފޭތަކުގެ މަސައްކަތްކުރަނީ ސިފައިންގެ ތެރޭގައި އޮންނަ ވެލްފެއާ ކުންފުނި ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އެ ތަނުގެ 13 ކެފޭއެއްގެ މަސައްކަތެ

ފުޑްކޯޓުގައި ހިމެނޭ ކެފޭތައް ކުއްޔަށް ދޭން ދެ ވަނަ ފަހަރަށް އެސްޓީއޯއިން ހުޅުވާލުމުން 29 ފަރާތަކުން ވަނީ އެކަމަށް ކުރިމަތިލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޫން ތިއަވަހަށް ހޮޅުވަބަލަ މިހާރު ކޮށްތު ރޮށްޓެއް ކާނުލެވޭތާ ކޮންދުވަހެއް.

  2. އަލިބޭ 1 ނަމްބަރު

    ﷲ ގެ ނަންފުޅު ތި މިނިސްޓަރ ދުލަށް އައީތީ ޙަމްދު ހުރި. ކިތައް ބައެއްގެ ޙައްޤު ތަކަކަށް އަރައިގެންފަ ހުރި މީހެއް ތީ. ދެންވެސް ހެޔޮ ކަމެއް ކުރެވޭތޯ ބަލާ! އަނިޔާލިބުނު މީހުން ޤިޔާމަތް ދުވަހުން ތިމީހުންގެ ހުރިހާ ޢަމަލެއް ގެންދާ ތަން އެދުވަހުން ފެންނާނެ.

  3. ބައިމިލިއަނާ 1 މިލިއަނާ ދޭތެރޭގެ އެޑްވާންސް ދެއްކުމުން ތިތަންތަން ޔަޤީން ވާނެ، ރަންވިއްކަން ނޫނީ ރައްޔަތުން ފެލަން އަޅާ ތަންތަން.