މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިރާގުން ފެށި ދިރާގު ހޯމް ބްރޯޑްބޭންޑް ފައިބަރ ކަނެކްޝަން، ހިލޭ ގުޅާލުމުގެ ޕްރޮމޯޝަނުގެ މުއްދަތު، މި ފެށުނު މާޗުމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހަލުވި ފައިބަރ ކަނެކްޝަނާއެކު 100 އެމްބީޕީއެސް އާ ހަމައަށް އިންޓަނެޓް ސްޕީޑް ލިބޭއިރު، މި ޕްރޮމޯޝަނުގެ ދަށުން ތިން މަސް ދުވަސްވަންދެން އިންޓަނެޓުގެ މަހު ފީ އިން 25 އިންސައްތައިގެ ޑިސްކައުންޓެއްވެސް ލިބޭނެއެވެ.

ހަމައެހެންމެ، ދިރާގުން ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތް، "ދިރާގު ޓީވީ" ވެސް އެއްވެސް އަގަކާ ނުލައި މި މަހުގެ ނިޔަލަށް ގުޅައިދިނުމުގެ ޚިދުމަތްވެސް ލިބޭނެކަމަށް އެކުންފުނިންވަނީ ހާމަކޮށްފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ގިނަ ސަރަޙައްދުތަކެއްގައިވެސް ދަނީ ފައިބަރގެ ޚިދުމަތް ދެމުންނެވެ. އެގޮތުން މާލެ ފިޔަވައި އިތުރު 17 ސަރަޙައްދަކަށް މި ޚިދުމަތްދަނީ ދެމުންނެވެ.

ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާ ދިރާގު ޓީވީ އިންވެސް، ބެލުންތެރިންގެ މެދުގައި މަޤުބޫލު އަދި ކުރިން ރާއްޖެއަށް ނުފެންނަ ބައެއް ޗެނަލްތައްވެސް ދަނީ ދައްކަމުންނެވެ. އޭގެތެރެއިން ގިނަ ޗެނަލްތަކަކީ އެޗްޑީ ޗެނަލްތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.