ރާއްޖޭގެ ފަރާތްތަކަށް ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ބޭރު ޤައުމުތަކަށް ދަތުރު ކުރާ ފަރާތްތަކަށް ހެޔޮއަގުގައި ދަތުރުތައް ހަމަޖައްސައިދެމުން އަންނަ ކުންފުންޏެއް ކަމަށްވާ ޓްރިޕްވެރިންގެ ޔޫރަޕް ޓަވަރގެ ބައިވެރިން ޔޫރަޕްއަށް ފުރައިފިއެވެ.

މިބައިވެރިން ޔޫރަޕްއަށް ފުރާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އަދި އަބުރާ މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހު 17 ގައެވެ. މިޓްވަރގައި ޖުމްލަ 9 މީހަކުވަނީ ބައިވެރިވެފައެވެ.

ޓްރިޕްވެރިންއިން "ވަގުތަށް" މަޢުލޫމާތު ދެމުން ބުނެފައިވަނީ ވަރަށް ޚާއްސަ އަގުތަކެއްގައި ޔޫރަޕްގެ 6 ޤައުމަކަށް، މީގެ ތެރޭގައި 13 ސިޓީއަކަށް، ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މިޓްވަރގެ ހުރިހާ ކަމެއް އިންތިޒާމް ކުރާނީ ޓްރިޕްވެރިންއިން ކަމަށެވެ.

"ޔޫރަޕްގެ 6 ޤައުމަކަށް މި އިންނަނީ މި ޓްއަރ. ކެޔުމާއި އުދުހުންތަކާއި ދަތުރު ކުރުމުގެ ޚަރަދާއި އެކޮށް ދައްކަވަން ޖެހޭނީ އެންމެ 2650 ޑޮލަރު. ދަތުރުފަތުރުގެ ޚަދަތަކާއިއެކު މިއީ." ޓްރިޕްވެރިންގެ އޮފިޝަލަކު ބުންޏެވެ.

Register at our December #EuropeTour before August 20th & Get a Special Discount!You will cover 12 cities from 7...

Posted by Tripverin on Tuesday, July 31, 2018

ޓްރިޕްވެރިންއިން މިގޮތަށް ދަތުރު ހަމަޖައްސާފައިވާއިރު، ޓްރިޕްވެރިންއިން ބުނެފައިވަނީ ޓްރެވެލް ގައިޑުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިނގެރޭސިއަށް ފަރިތަ ބޭފުޅުން ކަމަށާއި ހުރުން ހަމަޖެހިފައިވަނީ 3 ނުވަތަ 4 ތަރީގެ ހޮޓަލް ތަކުގައި ކަމަށެވެ.

މީގެ އިތުރުން ޓްރިޕްވެރިންއިން ބުނެފައިވަނީ މިހާރު ޑިސެންބަރ މަހު އޮންނަ ޓްވަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މިޚާއްސަ ޓްވަރގައި މިހިނގާ އޯގަސްޓްމަހުގެ 20 ގެ ކުރިން ބައިވެރިވާ ބޭފުޅުންނަށް ޚާއްސަ ފެއަރއެއް އޮންނާނެ ކަމަށެވެ.

"މިހާތަނަށް އެބައިން ޑިސެންބަރއަށް 10 މީހަކު ބުކްކޮށްފަ. ރަނގަޅު ޑިސްކައުންޓްއެއް ލިބޭ ފެއަރއެއް އެބަ ކުރިޔަށް ދޭ. ޕްރައިވެޓްކޮށް ޓްވަރ އޯގަނައިޒް ކުރަން ބޭނުންނަމަ އެފުރުސަތުވެސް 5 މީހުންނަށްވުރެ ގިނަ މީހުންގެ ޓީމްތަކަށް މިވަނީ ހުށަހަޅާފަ." ޓްރިޕްވެރިންގެ އޮފިޝަލް ބުންޏެވެ.

ގިނަ ދިވެހިންގެ މަޤްބޫލުކަން ލިބިފައިވާ ޓްރިޕްވެރިންއިން ދަތުރުގެ ހުރިހާ ކަމެއް ކޮށްދޭއިރު، ޓްރިޕްވެރިންއިން ފުރުމުގެ ކުރިން ކުރަންޖެހޭ ވިސާގެ ކަންތަކުގައިވެސް އެހީތެރިވާނެ ކަމަށް ޓްރިޕްވެރިންއިން ބުނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރު ޤައުމުތަކަށް ޗުއްޓީ ހޭދަ ކޮށްލަން ދާން މީހުން ބޭނުންވެފައިވާއިރު، ޓްރިޕްވެރިންއިން އިތުުރު 25 މަންޒިލަކަށް ޓްވަރތައް ރާވަމުން ދާކަމަށް އެފަރާތުން ހާމަ ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އައްމަޑޭ

  ވަރަށް ސަޅި ބައެއް މިއީ. އިންޝާ ﷲ ޑިސެމްބަރުގައި ދާނަން.

 2. ޝަޒޫ

  26550 ޑޮލަރަށް ހުރިހާ އެއްޗެއް ވީމަ ވަރަށް ސަޅި. އަމިއްލައަށް ދާނަމަ ހަމައެކަނި ޓިކެޓް އެކަނިވެސް އެބައުޅޭ 1900 ޑޮލަރު ވަރު. މީގަ މިއޮތީ ޓިކެޓާއި ހުރުމާ ހުރިހާއެއްޗެއް އެއްކޮށްދޯ؟

  • އޮޅިފަ

   އެންމެ 2650 ޑޮލަރު

 3. ނަން

  ތި ޔޫރަޕައް ދާނެ ކަމެއްނެއް މިހާރުވެސް އެއުޅެނީ ދިވެހިން ތަރުކާރީ ކަތީ އެކަމާ ކަންބޮޑު ވެގެން ފިޔަވަޅު އަޅަން