އެސްޓީއޯ އިލެކްޓްރޯނިކްސް ގައި ބޮޑު އީދަށް ޚާއްސަކޮށްގެން އެސް.ޖޭ ކެމްގެ ޕްރޮމޯޝަން ފަށައިފިއެވެ.

އެސް.ޖޭ ކެމް އަކީ ދުނިޔޭގެ އެކްޝަން ކެމެރާގެ މާކެޓްގައި އެންމެ ކުރިއަރާފައިވާ އެއް ބްރޭންޑްއެވެ. އެސް.ޖޭ ކެމް އަކީ ދަތުރު ގޮސް އުޅޭއިރު އަދި ކުޅިވަރު ކުޅޭ ވަގުތުގައި ފޮޓޯނަގަން ބޭނުންކޮއްލަން ހާއްސަ ކެމެރާއެކެވެ. މި ކެމެރާ ވޯޓަރޕްރޫފް ކޮށްވެސް ބޭނުންކޮށްލެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިއަލަށް އެސްޓީއޯ އިލެކްޓްރޯނިކްސް ފިހާރައިގައެވެ.

މިޕްރޮމޯޝަންގައި އެސް.ޓީ.އޯ އިލެކްޓްރޯނިކްސް އިން ބައްލަވައި ގަންނަ ކޮންމެ އެސް.ޖޭ ކެމް އަކަށް %20 އާ ހަމައަށް ޑިސްކިއުންޓް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ބައްލަވައި ގަންނަވާ ކޮންމެ އެސް.ޖޭ ކެމް އަކާއެކު ހިލޭ ސެލްފީ ސްޓިކް އަދި ވޯޓަރޕްރޫފް ކޭސްއެއް ލިބިވަޑައި ގަންނަވާނެއެވެ.

މިޕްރޮމޯޝަންގައި އިންސްޓަގްރާމް ބޭނުން ކުރައްވާ ފަރާތްތަކަށް ފޮޓޯ ކޮންޓެސްޓެއް ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެއެެވެ.

މި ކޮންޓެސްޓްގައި އެސް.ޓީ.އޯ އިލެކްޓްރޯނިކްސް ޝޯރޫމް އަށް ވަޑައިގެން އެސް.ޖޭ ކެމް ފްރޭމްއާއި އެއްކޮށް ފޮޓޯނަންގަވާ އިންސްޓަގްރާމް އަށް އަޕްލޯޑްކުރައްވައިގެން އެންމެ ގިނަ ލައިކްސް ލިބިވަޑައިގަންނަވާ ފަރާތަކަށް އެސް.ޖޭ އެކްޝަން ވައިފައި ކެމެރާއެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ފޭސްބުކްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އެންޑް އިލެކްޓްރޯނިކްސް ޕޭޖް ގައި އެސް.ޖޭ ކެމްގެ ޝެއަރ އެންޑް ވިން ކޮންޓެސްޓްއެއްވެސް ކުރިއަށްދާނެއެވެ. ޕޯސްޓަރ ޝެއަރ ކޮށްގެން ގުރުއަތުން ހޮވޭފަރާތަކަށް އެސް.ޖޭ 6 ލެޖެންޑް ކެމެރާއެށް ލިބިވަޑައިގަންނަވާނެއެވެ.

އެސްޖޭކެމްއަކީ އެސްޓީއޯއިން މިއަހަރު ފެބްރުއަރީމަހު ހުޅުވި އިލެކްޓްރޯނިކްސް ޝޯރޫމްއަށް އަލަށް ތަޢާރަފްކުރެވުނު ބްރޭންޑްއެކެވެ.