މޯލްޑިވް ގޭސްގެ ހިދުމަތްތަކަށް އުރީދޫގެ މޮބައިލް މަނީ، އެމް-ފައިސާ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މި ހިދުމަތް ތައާރަފްކޮށްދެއްވީ މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން އާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާންއެވެ. މި ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން އެމް-ފައިސާ މެދުވެރިކޮށް ފުރަތަމަ ގޭސް ސިލިންޑާ ގަނެފައި ވަނީ މޯލްޑިވް ގޭސް އެމްޑީ މައުމޫންއެވެ.

މިއީ ބިޒީ ޒަމާނެއްގައި ކޮށްލާ އެންމެ އެސްއެމްއެސްއަކުން ގެއަށް ގޭސްފުޅި ގެނެސްދޭހާ ފަސޭހަ ހިދުމަތެކެވެ.

މިރޭގެ ރަސްމިއްޔާތުގެ ތެރެއިން މައުމޫން ވިދާޅުވީ، އަބަދުވެސް މިކިޔަނީ ޑިޖިޓް ޒަމާނެއްގެ ވާހަކަ ކަމަށާއި، ކަންކަން ކުރި އަރަމުންދާއިރު، އެއާއެއްކޮށް ޒަމާނީ ޑިޖިޓަލް ކުރިއެއެރުންތަކެއް ވެސް އަންނަން ޖެހޭ ކަމަށެވެ. އަދި މިރޭ ތައާރަފްކުރެވުނު މި ހިދުމަތަކީ މޯލްޑިވް ގޭސް އިން ހޯދަމުންދާ ކާމިޔާބީގެ ބޮޅުގެ ތެރެއަށް އިތުރުވެގެންދާ އާ ބޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޮންލައިންކޮށް ގޭސް ފުޅިއަށް އޯޑަރު ކުރެވޭނެ ޚިދުމަތް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

"ފޯނެއްގައި މަޑުނުކުރައްވާ އަތުގައި އޮންނަ ފޯނުން ކޮށްލަވާ އެސްއެމްއެސްއަކުން ތިބޭފުޅުންގެ އޯޑަރ ޕްލޭސްވެގެން ދިޔައީ. އެ ސަލާމަތް ކުރެވެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ވަރަަށް ބޮޑު ވަގުތެއް. އަދި އަޅުގަނޑުމެންނަށް ލިބިގެންދާ ފަސޭހަ އެއީ އަޅުގަނޑުމެން ވަރަށް ބޮޑަަށް ފާހަގަކޮށްލަން ޖެހޭ ކަމެއް" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވިގޮތުގައި، މި ހިދުމަތަކީ އެ ކުންފުންޏަށާއި، އެ ކުންފުނީގެ ކަސްޓަމަރ ބޭސްއަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ފެށުމެއް. މިއީ އަދި ސްޓޭޖް 1. އިރާދަފުޅުކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ޖެހޭނީ ސްޓޭޖަކުން ސްޓޭޖަކުން ޑިވޮލޮޕް ކުރަން. އަދި މިއަށްވުރެ ފަސޭހައިން އަދި ކޮންވީނިއަންޓްކޮށް މިކަން ކުރެވޭނެ ގޮތް ހޯދުން އެއީ އަޅުގަނޑުގެ މަގްސަދަކީ" މައުމޫން ވިދާޅުވިއެވެ.

އޮންލައިންކޮށް ގޭސް ފުޅިއަށް އޯޑަރު ކުރެވޭނެ ޚިދުމަތް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މި ހިދުމަތް އިތުރަށް ފުޅާކުރުމަކީ މިހާރުގެ ދެވަނަ ވިސްނުންކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، އުރީދޫ އެޕް މެދުވެރިކޮށް މިހާރުވެސް ކަރަންޓް ބިލް ފެން ބިލް ފަދަ ބިލްތައް ފަސޭހަކޮށް ދެއްކޭއިރު، މިހާރު އިތުރު ހިދުމަތެއްގެ ގޮތުގައި، ތައާރަފްވެގެން މި ދިޔައީ އެޕް މެދުވެރިކޮށް ގޭސްފުޅި ގަނެވޭނެ ހިދުމަތް ކަމަށެވެ. އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނި ކަސްޓަމަރުންނަށް ފަސޭހައިން ކަންކަން ކުރެވޭނެ މަގު ތަނަވެސްވެގެން ދިޔުންކަމަށްވެސް ނަޖީބް ޚާން ވިދާޅުވިއެވެ.

އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ވާޗުއަލް އެކައުންޓަކުން ފައިސާގެ މުއާމަލާތް ފަސޭހަކަމާ އެކީ ކުރެވޭނެ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ފައިސާ ނުދެވިގެން ނޫން މި އުޅެނީ. ޢަވަހަައް ރީތި ފުޅިއެއް ގެނެސް ދިނުމުގެ ހިދުމަތްބޭނުން ވަނީ.

  2. ޢާސިޔާ

    މާނުގެ ގޭސް ފުޅި ދެން ލިބުންތޯ؟؟

  3. ބޭފުޅު

    މާނު މެންއައް 5މިނެޓުން ލިބޭނެ. ޢަހަރުން ބަނޑައް

  4. ސެރި

    އަވަހައް ފުޅި ލިބޭނެ ގޮތެއް ނެއްތަ؟ 6 ގަޑި އިރު އެބަވޭ މިހާރު

  5. ނަޖޫ

    ޑެލިވާރީ ކުދިން ، ސެކިއުރިޓީ ކުދިން، ދުރައިވަރުން އް ރިސްކް އެލަވަންސު ދޭތަ؟؟

  6. ނަން

    އުރީދޫން ކުރާ ކޮންމެ ކަމެއް ނިކަން ބޭންޑް ބާޖާ ވާނެ. އެކަމަކު ޚިދުމަތް ހަމަ ސުމެއް. އުރީދޫއަކީ އިންޑިއާ މާކެޓިން ޗިކެން މަސާލާ ގަނޑެއް.

    • ޙސނ

      ދިރާގު މީ ވަކިކޮންބަޔެއް؟ އިންޑިޔާގެ ނާތަހުޒީބު ހިސާބުގަނޑެއްގެ ޖަންޝަނެއް. ފައިބާރ ކަނެކްޝަން އޭ ކިޔާފަ ފިނިހަކަ ސްޕީޑް. މީހުން އަތުން މަކަރާހީލަތުން ލާރިކާ ބަޔެއް