ވިޔަފާރިއެއް ފަށަން ނުވަތަ ވިޔަފާރި އިތުރަށް ޔަރައްގީ ކުރަން އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯން ސްކީމަށް ކުރިމަތިލުމުގެ މުއްދަތު އިތިރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މުއްދަތު އިތުރު ކުރީ ގިނަ ބަޔަކު އެކަމަށް އެދޭތީ، އެ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިހާރު 8 ވަނަ ދުވަހާ ހަމައަށް މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

މިނިސްޓްރީން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީންނާއި އަތޮޅުތަކުގައި ހުރި ބިޒްނެސް ސެންޓަރުތަކުން ލިބޭނެ ކަމަށެވެ.

* މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް، ބޮޑުތަކުރުފާނުމަގު، މާލެ 1691
* ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރު، ހޮޓްލައިން 7917089
* ޅ. ނައިފަރު ބިޒްނަސް ސެންޓަރު، ހޮޓްލައިން 7918432
* ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރު، ހޮޓްލައިން 7918495
* ލ. ފޮނަދޫ ބިޒްނަސް ސެންޓަރު، ހޮޓްލައިން 7914431
* ގދ. ތިނަދޫ ބިޒްނަސް ސެންޓަރު، ހޮޓްލައިން 7913715
* ސ. ހިތަދޫ ބިޒްނަސް ސެންޓަރު، ހޮޓްލައިން 7916947

ލޯން ސްކީމާ ބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބޭނެ އެވެ. އަދި އިތުރު މަޢުލޫމާތު 1691 ނަމްބަރަށް ގުޅައިގެން ވެސް ހޯދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތިމާ

    ޢާދޭސް ކޮށްފަ ބުނަން ރިބާ ނުލައި ތިހިކަހަލަ މަގުތައް ހުޅުވައިދީބަލަ

  2. ހަސަގެ އަމާ

    ތިޔަ އުޅެނީ ކަނބަލުން މަރާކަންނު! 9% އިންޓަރެސްޓް، އަދި މޯގޭޖް ކުރަންޖެހޭ.

  3. ޙަފްޞާ / މާލެ

    ބޭންކްތަކަކީ މުދަލުގެބަދަލުގައި ފައިސާ ބަދަލުކުރާ ވިޔަފާރިކުރާތަނެއް! އެއީ ވިޔަފަރިއެއް! ވިޔަފާރި ހުއްދަ! ވިޔަފާރީގެ ނަފާހޯދަން ވަކި މިންވަރެއް ނެތް! ފަރުދުން އެކަކު އަނެކަކަށް ދަރަނިދޭއިރު އިތުރުކުރުން އެއީ ރިބާ! ދީން ރަގަޅަށް ދަސްކުރޭ! މީހަކު ބުނަހާއެއްޗެއް ތިމާގެ ސިކުޑިގެ ތަރާދުން ނުކިރާ ޤަބޫލު ނުކުރޭ!