ކެބިން ކްރޫއަކަށްވުމަށް ގިނަ ޒުވާނުން ބޭނުންވެއެވެ. މިހާރުވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި އެއާލައިންތަކުގައި ދިވެހި ކެބިން ކްރޫއިން މަސައްކަތް ކުރަމުންދެއެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނީ، ދިވެހި ކެބިން ކްރޫ އެކަޑަމީންނެވެ. އެ އެކަޑަމީން ހިންގާ ކްބިން ކްރޫ ފައުންޑޭޝަން ލެވެލްގެ ކޯސްތަކެވެ.
އެ އެކަޑަމީން ކެބިން ކްރޫ އާއި ގުޅުން ހުރި ކޯސްތައް ހިންގަމުން ގެންދާތާ ފަސް އަހަރުވީއެވެ. އެ އެކަޑަމީގެ ހިންގާ ކޯސްތައް ހަދައިގެން ވަރަށް ފަސޭހައިން ކެބިން ކްރޫއަކަށް ވެވޭނެއެވެ.
ދިވެހި ކެބިން ކްރޫ އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، އެ ތަނުން ހިންގާ ކޯސްތަކުގައި ބައިވެރިވާ ކުދިންގެ އަދަދު މި ވަނީ ގިނަވެފައެވެ. އެއީ އެތަނުން ހިންގާ ކޯސްތައް ހަދައިގެން ކެބިން ކްރޫ ވަޒީފާ ފަސޭހައިން ލިބޭތީއެވެ.
އެގޮތުން ގިނަ ކުދިންތަކަކަށް އެ ފުރުސަތު ހޯދަ ދިނުމުގެ ގޮތުން މިދިޔަ މަހުވެސް މާލޭގައި ކެބިން ކްރޫއަށް ހާއްސަ ކޯހެއް ހިންގިއެވެ. އަދި މި މަސް ތެރޭގައިވެސް އިތުރު ކޯހެއް ހިންގުމަށް އެ އެކަޑަމީން ވަނީ ނިންމާފައެވެ.
އެ އެކަޑަމީން ބުނީ ކެބިން ކްރޫ ފައުންޑޭޝަން ލެވެލްގެ އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ފުރުސަތު އެބަ އޮތް ކަމަށެވެ.
އެގޮތުން އެ ކޯހުގައި ރެޖިސްޓަރވުމަށް އެ ކުއްޖެއްގެ ފުރިހަމަ ނަމާއި، އައިޑީކާޑް ނަމްބަރު، އަދި ގުޅޭނެ ފޯން ނަމްބަރުގެ އިތުރުން އީމެއިލް އެޑްރެސް ޖެހުމަށްފަހު 9958800 އަށް ނުވަތަ ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން އެ އެކަޑަމީން އެ ފަރާތަކަށް ގުޅާނެއެވެ.
ކޯހުގައި ކިޔަވާދޭނީ ޖުމްލަ 50 ގަޑިއިރު ހަމަވަންދެންނެވެ.
މި ކޯސް ހަދައިގެން ހަމައެކަނި ފައިދާ ކުރާނީ ކެބިން ކްރޫއިންނަށް ވާން ބޭނުންވާ ފަރާތްތަަކަށް ނޫނެވެ. މި ކޯސް ހަދައިގެން އޭވިއޭޝަން ދާއިރާގެ އެހެނިހެން ވަޒީފާތައް ހޯދުމަށް ފަސޭހަވާނެއެވެ. އޭގެ ތެރޭގައި، ރިޒަވޭޝަން އަދި ޓިކެޓިންގ، އެއާޕޯޓް ކަސްޓަމަރުންނަށް ހޭންޑްލް ކުރުން ފަދަ ވަޒީފާތައް ހިމެނެއެވެ.
މި ކޯހުގައި ކިޔަވާދެއްވާނީ އެކަމުގެ ތަޖުރިބާ ލިބިފައި ތިބި، ސިވިލޭވިއޭޝަންގެ ހުއްދަ ލިބިފައިވާ ލެކްޗަރާއިންނެވެ.
ލާރި ހޯދާނެ ގޮތެއްނެތިގެން އެކެޑަމީ ޕުރޯމޯޓު ކުރަން މޮޅެތި ވާހަކަ ދައްކާނެ ކަމެއްނެތް. ތިތަނުން ކޯސް ހެދިޔަސް އެއްމެނަކަށް ވަޒީފާ ނުލިބޭނެ. ހަމަ އިންޓަވިއު ޕެނަލުގަ ތިބި މީހުން ހިތަށް އެއރި ބަޔަކަށް ދޭނީ
ތީހަމަ ހަގީގަތް.
ލާރި ހޯދާނެ ގޮތެއްނެތިގެން އެކެޑަމީ ޕުރޯމޯޓު ކުރަން މޮޅެތި ވާހަކަ ދައްކާނެ ކަމެއްނެތް. ތިތަނުން ކޯސް ހެދިޔަސް އެއްމެނަކަށް ވަޒީފާ ނުލިބޭނެ. ހަމަ އިންޓަވިއު ޕެނަލުގަ ތިބި މީހުން ހިތަށް އެއރި ބަޔަކަށް ދޭނީ