ފުޅާދާއިރާގައި ބައިސްކަލް ވިޔަފާރިކުރަމުންދާ "ބެސްޓް ބަޑީ" ގެ ފަރާތުން އީދު ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ބެސްޓް ބަޑީ ފިހާރައިން ބައިސްކަލް ގަންނަ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއްް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އޮގަސްޓް 25 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި އެ ފިހާރައިން ޢާއްމުކޮށް ބައިސްކަލް ވިއްކާ އަގުތަކަށްވުރެ ބައިސްކަލް އަގުތައް ހެޔޮވާނެ ކަމަށާއި، އަދި ކަސްޓަމަރުން ގަޔާ ވާކަހަލަ ރީތި ބައިސްކަލް ލިބެން ހުންނާނެކަމަށް ބެސްޓް ބަޑީގެ އޯނަރ ރަޝީދު ވިދާޅުވިއެވެ.

މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ 3 ފަރާތަށް އެ ފަރާތުން ބައިސްކަލް ގަންނަން ޚަރަދުކުރި ފައިސާ އަންބުރާ ލިބޭނެކަމަށް ރަޝީދު މަޢުލޫމާތު ދެއްވިއެވެ.

ހދ.ކުޅުދުއްފުށީގެ އަމީނީ މަގުގައި އިސްލާމިކް ބޭންކު ކުރިމަތީގައި ހުންނަ ބެސްޓް ބަޑީ ފިހާރައަކީ ތަފާތު ގިނަ ވައްތަރުގެ ބެޓެރީ ވެހިކަލް ހެޔޮއަގުގައި ވިއްކަމުންދާ ފިހާރައެއްކަން ފާހަގަކުރެވެއެވެ. މިގޮތުން ބެޓަރީ ރަށުޕިކަަޕާއި، ބެޓަރީ ސައިކަލް އާއި، ބެޓެރީ ބައިސްކަލް، ބެޓެރީ ބަގީ އަދި ތަފާތު ޑިޒައިންތަކުގެ ބައިސްކަލް ހެޔޮއަގުގައި ބެސްޓް ބަޑީ ފިހާރައިން ލިބެންހުރެއެވެ.

ބެސްޓް ބަޑީއިން އެއްވެސް ޕްރޮޑަކްޓެއް ބައްލަވާގަންނަން ބޭނުންފުޅުވާނަމަ ގުޅުއްވާނީ 9161241، 9907010، ނުވަތަ 9641420 އާއިއެވެ. ބެސްޓް ބަޑީއިން ބައްލަވާ ގަންވާތަކެތި ކަސްޓަރމަރ އާއި ހަމައަށް ޑެލިވަރީކޮށްދިނުމުގެ އިންތިޒާމު ބެސްޓް ބަޑީ ފިހާެރައިން ހަމަޖައްސައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.