އެނބޫދޫ ފަޅުގައި ރިސޯޓްތައް ތަރައްޤީ ކުރަމުން ގެންދާ ސިންގަ އެސްޓޭޓް ކުންފުނިން، ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓް ގަންނަން ނިންމައިފިއެވެ.

ސިންގަ އެސްޓޭޓް ކުންފުންޏަކީ ތައިލެންޑްގެ ކުންފުންޏެކެވެ. އެކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ މަޝްހޫރު އެކި ސަރަހައްދު ތަކުގައި ޓޫރިސްޓް ހޮޓާތަކާއި ރިސޯޓްތައް ތަރައްޤީކުރަން އިންވެސްޓް ކުރަން ނިންމާފައިވާކަމަށެވެ.

ކޮނޮއްޓާ ރިސޯޓާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުން ހަ ރިސޯޓެއް ގަންނަން ނިންމާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ރިސޯޓުތައް ގަންނަން 250 މިލިއަން ޑޮލަރު ހޭދަކުރުމަށް އެކުންފުނިންވަނީ ނިންމާފައެވެ.

ކޮނޮއްޓާ ރިސޯޓްގައި 21 ބީޗް ޕޫލް ވިލާއާއި 21 އޯޝަން ޕޫލް ވިލާ އާއި 8 ޓޫ-ބެޑްރޫމް ބީޗް ޕޫލް ވިލާ އާއި 2 ލެގޫން ޕޫލް ވިލާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭ

    ސަންއައިލޭންޑް ޕެރެޑައިސް ވެސް ވިއްކަން ސޭޓު ބޭނުންވަނީ! މިއަހަރުގެ އިލެކްޝަންސް އަށް ލާރިގަނޑު ތަޅާލަންވެގެން!