އިންޑިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޓްރިވިންޑްރަމް އިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް މިރޭ އޮތް މޯލްޑިވިއަންގެ ފްލައިޓުން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ފީއަކާއި ނުލާ ޓިކެޓްގެ ބަދަލު ކުރެވޭނެގޮތް ހަމަޖައްސާފައިވާކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

އާއްމުކޮށް ނަގާފައިވާ ޓިކެޓެއް ބަދަލުކުރާނަމަ ފީ ދައްކަން ޖެހެއެވެ.

މޯލްޑިވިއަން އިން ބުނީ، އިންޑިއާގެ ޓްރިވިންޑްރަމްއަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން، ބައެއް މީހުންނަށް އެއާޕޯޓަށް ދަތުރުކުރަން ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބަލައި، މިރޭ އޮތް މޯލްޑިވިއަންގެ ފްލައިޓުން ރާއްޖެ އަައުމަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ފީއަކާއި ނުލާ ޓިކެޓްގެ ބަދަލު ކުރެވޭނެގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި އެ ޓިކެޓް ބަދަލު ކުރުމަށް މޯލްޑިވިއަންގެ ޓްރިވެންޑްރަމް އޮފީހާއި ވާހަކަދެއްކުމަށް މޯލްޑިވިއަން އިން ބުންޏެވެ.

އިންޑިޔާ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ޓްރިވިންޑްރަމް އާއި ކޮޗިންގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަަކެއް ވަނީ ހާލުގައި ޖެހިފައެވެ. އެ މީހުންނަށް އެހީވުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނައިރު، މިހާރު ކޮޗިން އެއާޕޯޓްވެސް ވަނީ ދެ ދުވަހަށް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިޒްބީ

    ޝުކުރިއްޔާ މޯލްޑިވިއަން!