އޭޝިޔާގައި މަޝްހޫރުކަން ހޯދަމުން އަންނަ ސިއްހަތަށް ފައިދާ ހުރި ސީރިއަލް ބްރޭންޑެއް ކަމަށްވާ ބެގްރީސް ބްރޭންޑްގެ އުފެެއްފުންތައް އެސްޓީއޯ ސުޕަމާރޓްއިން ހާއްސަ އަގުތަކެއްގައި ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ.

ބެގްރީސް ކުންފުންޏަކީ އިންޑިއާގައި ސީރިއަލް އުފެއްދުމުގެ މަސައްކަތުގައި 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެެވެ.

ބެގްރީސްގެ އުފެއްދުންތަކަކީ ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ސީރިއަލް ބްރޭންޑްތަކާއި ހިލާފަށް އެއްވެސް އާޓިފިޝަލް މާއްދާތަކެއް ނުހިމަނާ ހަމައެކަނި ގުދުރަތީ ތަކެއްޗާއި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން އެތެރެކުރެވޭ ރޯމެޓީރިއަލްސް ހިމަނައިގެން އުފައްދާފައިވާ ކޮލެޓީ ރަނގަޅު ބްރޭންޑެކެވެ. އަދި ބެގްރީސްގެ ހުރިހާ އުފެއްދުންތަކަކީވެސް ހަށިގަނޑަށް ބޭނުންވާ ފައިބާރގެ މާއްދާތަކުން މުއްސަނދި ކުރެވިފައިވާ އުފެއްދުންތަކެކެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި ބެގްރީސް ބްރޭންޑްގެ 25 އުފެއްދުމެއް ވަނީ ބާޒާރަށް ނެރެފައެވެ. މީގެތެރޭގައި ކޯން ފްލެކްސްގެ 6 ވައްތަރަކާއި، ކުޑަކުދިންނަށް ހާއްސަ ޗޮކޯސްގެ 2 ވައްތަރަކާއި، އޯޓްސްގެ 8 ވައްތަރަކާއި، މިއުސްލީގެ 7 ވައްތަރެއްގެ އިތުރުން ޗިޔާ ސީޑްސް އާއި ކުއިނޯވެސް ހިމެނެއެވެ.

ބެގްރީސް ބްރޭންޑްގެ ހުރިހާ ބާވަތްތަކަކީވެސް މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެންހުރި އެންމެ އަގުހެޔޮ އަދި އެންމެ ކޮލެޓީ ރަނގަޅު އެއް ބްރޭންޑްކަންވެސް އެސްޓީއޯއިން ފާހަގަކުރެއެވެ.

ބެގްރީސް ބްރޭންޑްގެ ވައްތަރުތައް މިހާރުވެސް ހޯލްސޭލްކޮށް އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ލިބޭނެ ކަމަށާއި އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާރޓްގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންނާއި މާލެ އާއި އަތޮޅުތެރޭގައި ހުންނަ އާންމު ގިނަ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށްވެސްް އެސްޓީއޯއިން މައުލޫމާތުދެއެވެ.