ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑް " އޫދު އަލް ސަބާޔާ"ގެ އައުޓްލެޓްއެއް ސ. ހިތަދޫގައި ހުޅުވައިފިއެވެ

މިމަހުގެ 16 ވަނަ ދުވަހު ހިތަދޫ ބޮޑުމަގުގައި " އޫދު އަލް ސަބާޔާ"ގެ އައު އައުޓްލެޓެއް ހުޅުވިފައިވާއިރު " އޫދު އަލް ސަބާޔާއިން ވަނީ އައު އައުޓްލެޓާއި އެކު އައްޑޫއަށް ހާއްސަ އަތަރަކާއި ޕާފިއުމްއެއް ތައާރަފްކޮށްފައެވެ.

" އޫދު އަލް ސަބާޔާއިން " އައްޑޫއަށް ހާއްސަކޮށްގެން ތައާރަފްކުރީ ތަފާތު ވަހެއް އެކުލެވިގެންވާ " ސުވަޑައިން ސަބާޔާ " އާއި އޭގެ ޕާފިއުމްއެވެ.

" އޫދު އަލް ސަބާޔާ" ގެ އައުޓްލެޓް އައްޑޫގައި ހުޅުވުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. ނަމަވެސް އައްޑޫގެ އައުޓްލެޓް ހުޅުވުން ލަސްވީ ކުރިމަތިވި ބައެއް ސަބަބުތަކާއި ހުރެ ކަމަށާއި އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭކަމަށް " އޫދު އަލް ސަބާޔާ"ގެ މަސްއޫލުވެރިޔާ އަހުމަދު ޝަބީން ވިދާޅުވިއެވެ.

އަދި އައްޑޫ ސިޓީ، ހިތަދޫގައި ހުޅުވި "އޫދު އަލް ސަބާޔާ" ގެ ފިހާރައިން "އޫދު އަލް ސަބާޔާ" ގެ މައި ފިހާރަ އިން ލިބޭ ހުރިހާ އަަތަރެއް ލިބެން ހުންނާނެ އެވެ.

" ވަގުތު" އަށް އިން އިންޓަވިޔުއެއްގައި "އޫދު އަލް ސަބާޔާ"ގެ މަޝްއޫލުވެރިޔާ ހުސެން ސަބީން ވިދާޅުވީ އެންމެ އިސްކަމެއް ދެނީ މާލެ އެކޭ އެއްފަައިން އަތޮޅު ތެރޭގައިވެސް " އޫދު އަލް ސަބާޔާގެ" ޕްރޮޑަކްޓްތަށް އެއް އަގެއްގައި ލިބޭނެ ގޮތް ފަހިވެގެން ގޮސްފައި އޮތުން ކަމުގައެވެ.

" އަޅުގަނޑުމެން މާލޭގައި ފިހާރައެއް ހުޅުވުމަށް ފަހު އެންމެ އިސްކަމެއް ދިނީ ރާއްޖެ ތެރޭގައިވެސް މާލެއެކޭ އެއް އަގެއްގައި "އޫދު އަލް ސަބާޔާ"ގެ ޕްރޮޑަކްޓްތަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުމަށް. އެގޮތުން މާތްﷲ ވާގިފުޅާއި އެކު މިމަހުގެ16 ވަނަ ދުވަހު އައްޑޫސިޓީ، ހިތަދޫގައި "އޫދު އަލް ސަބާޔާ"ގެ އައުޓްލެޓްއެއް ހުޅުވިގެން އެ ދިޔައީ " ޝަބީން ވިދާޅުވުއެވެ.

އޮންލައިން ޕޭޖަކުން ފެށި އޫދު އަލް ސަބާޔާގެ އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އަތަރު ބްރޭންޑެެކެވެ. އަމިއްލަ އެތަކެއް އަތަރަކާއި އޭގެ ޕާފިއުމްއާއި އެކު ދިވެހިންގެ ހިތްތަށް ފަތަހަ ކުރަމުން އަންނަ " އޫދު އަލް ސަބާޔާ"ގެ އިތުރު އައުޓްލެޓްއެއް ބ. އޭދަފުށީގައިވެސް ވަރަށް އަވަހަށް ހުޅުވިގެންދާނެއެވެ.

" އޫދު އަލް ސަބާޔާ" ގެ އުންމީދަކީ މުސްތަގުބަލުގައި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ އަތަރު ބްރޭންޑަކަށް " އޫދު އަލް ސަބާޔާ" ހަދައި ދުނިޔޭގެ ކޮންމެ ހިސާބަކުން "އޫދު އަލް ސަބާޔާގެ" ޕްރޮޑަކްޓްތަށް ގަނެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބޫ ހުޅުމާލެ

    މިތަން ހުންނަތަން ކޮންމެވެސް ކުއްޖަކު ބުނެދީބަލަ

    • ޟަދާ

      ސ.ހިތަދޫ ބަލީނޯ ކުރިމަތީގަ

  2. މީ

    މީއެބޭކަލުންވެސް އުގުޅުއްވި އަތަރު