އީރާނުން މުދާ އިމްޕޯޓް ކުރުމުގައި އެމެރިކާ ޑޮލަރު ބޭނުންނުކުރަން ނިންމައިފިއެވެ. މިގޮތަށް ނިންމާ، މިދިޔަ ބުދަދުވަހު ވަނީ މިކަމަށް ޢަމަލުކުރަންވެސް ފަށާފައެވެ.

އެޤައުމުގެ މަރުކަޒީ ބޭންކާ ހަވާލާދީ، ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ގޮތަށް ޢަމަލުކުރަން އަންގާފައިވަނީވެސް މަރުކަޒީ ބޭނުންކުންނެވެ.

މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި މިކަމަކީ، އެޤައުމާއެކު ވިޔަފާރި ކުރާ ފަރާތްތަކަށް އެހާ ބޮޑު ތަކުލީފަކަށް ވެގެން ނުދާނެއެވެ. ސަބަބަކީ، އެހެން ފަރާތްތަކާއެކު އެޤައުމުން ކޮށްފައިވާ ވިޔަފާރީގެ ޑޮލަރުގެ ބިލްތައް އެހާ ގިނަ ނުވާތީއެވެ.

އީރާނުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުންވެސް، އެފަރާތްތަކުގެ ބޭރުގެ ސަޕްލަޔަރުންގެ އަތުން ގަންނަ މުދާތައް ވިއްކާ ބޭސް ފައިސާ ބަދަލުކުރަން އަންގަން އަންގާފައިވާއިރު، ފައިސާ ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމުތައްވެސް އެޤައުމުންވަނީ ހަމަޖައްސާފައެވެ.

މި ނިންމުމާ ގުޅިގެން، ޑޮލަރުން ބައިނަލްއަޤުވާމީ ވިޔަފާރި ކުރާ އެހެން ބައެއް ޤައުމުތަކާއެކު ކަންކަން ފަސޭހަކުރުމަށް މަޝްވަރާކުރަމުންދާއިރު، ރަޝިޔާއިންވަނީ މިކަމަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.

މިފަދަ ނިންމުމެއް އީރާނުން ނިންމީ ވަކި ކޮން ސަބަބަކާ ގުޅިގެން ކަމެއް ހާމަކޮށްފައިނުވިނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުންތައް އަދިވެސް އެއްކޮށް ހަމައަކަށް އެޅިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަލިކައްޑޫ

    މި ގައުމުން ވެސް، މި ގައުމު އަޅުވެތި ކުރި ފަރާތްތަކުގެ މުގައްރަރު ތައް ކިޔަވާ ދިނުން ނުހުއްޓޭހާ ހިނދަކު، މި ގައުުމުގައި ދިވެހި ވަންތަކަން އަށައެއް ނުގަނެވޭނެ، ނުބައި މާޏަ އެއް ނުނަންގަވާތި، މި ބުނަނީ ސޫރިޔާ އަށް ދާށެކޭ ނޫން.

    • ލަލަލާ

      މިގައުމު އަޅުވަތި ކުރީ ޔާމީން އާ އޭނަގެ ގޭންގް

    • މަ

      ތިޔަ ހިޔާލަށް ތާއީދުކުރަން

  2. ދެބޯ

    މިގައުމުގަ ވެސް ޔުއަން ބޭނުން ކުރެވިދާނެ ނު

    • ސ ނުން ސޮނިބެ

      ކައެ ދާންވީނު ޗައިނާއަށް އާއިލާ ގޮވައިގެން