ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް އެވޯޑު، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެސޯސިއޭޝަން އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ އިތުރު ޕާޓްނަރުންނާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިއަދު ޓީވީއެމް ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތެއްގައި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ މަޓާޓޯ ޕްރެޒިޑެންޓް އަބްދުﷲ ގިޔާސް ރިޔާޒްއެވެ.

ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

މިއަދު ސޮއި ކުރި ޕާޓްނަރުންގެ ތެރޭގައި

ހޮސްޓް ޕާޓްނާ ފޯ ގެސްޓް ހައުސް އެޑިޝަން: ހައުސިންގ ޑިވެލޮމެންޓް ކޯޕަރޭޝަން ލިމިޓެޑް

މާކެޓިންގ ޕާޓްނާ: ފީލް މޯލްޑިވްސް

އިވެންޓް ޕާޓްނާ: އޮބްޖެކްޓް

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ އެހެނިހެން ޕާޓްނަރުންގެ ތެރޭގައި

ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

ޕްލެޓިނަމް ޕާޓްނަރ: އުރީދޫ މޯލްޑިވްސް

ގޯލްޑް ޕާޓްނަރ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ސިލްވަރ ޕާޓްނަރ: އެލައިޑް އިންޝުއަރަންސް

ޕްރިންޓިންގް ޕާޓްނަރ: ޕްރިންޓްލެބް

ފޮޓޯގްރަފީ ޕާޓްނަރ: ޑިޖިޓަލް ސްޓޫޑިއޯ

ފޮޓޯ އެންޑް ވީޑިއޯގްރަފީ ޕާޓްނަރ: ނާން ޕްރައިވެޓް ލިމިޓެޑް

އޮންލައިން މީޑިއާ ޕާޓްނަރ: ސަން އޮންލައިން

ޓްރެވަލް މީޑިއާ ޕާޓްނަރ: މޯލްޑިވްސް އިންސައިޑަރ

ޑިޖިޓަލް ޕާޓްނަރ: ކޯޑްފްލައި

އެޑްވަޓައިޒިންގް ޕާޓްނަރ: ބްލަކް

އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް2ގައި ޓްރެވެލްސް އެވޯޑްގެ ގެސްޓް ހައުސް އެޑިޝަން އޮންނާނެއެވެ. މި އެވޯޑް ހަފްލާގައި 15 ކެޓަގަރީއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

މި ފަހަރުގެ ގެސްޓްހައުސް އެވޯޑްތަކަށް 111 ފަރާތެއް ނޮމިނޭޓްވެފައިވެއެވެ. އޭގެ ތެރޭގައި މަޓާޓޯއިން މިއަހަރު އަލަށް ތައާރަފްކުރި ތިން އެވޯޑެއްވެސް ހިމެނެއެވެ. އެ ތިން އެވޯޑަކީ ގެސްޓް ހައުސް ދާއިރާ ތަރައްގީކުރަން މަަސައްކަތްކުރާ ފަރާތްތަކަށްވެސް އެވޯޑު ދޭ އެ ވޯޑަކާއި، މި ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ދޭ އެވޯޑެއްގެ އިތުރުން އެންމެ ސަޕޯޓިވް ގެސްޓްހައުސްއަށް ދޭ އެވޯޑް ހިމެނެއެވެ.

މަޓާޓޯ އިން ވިދާޅުވީ، މި އަހަރުގެ މަޓާޓޯ ޓްރެވެލް އެވޯޑްސްގެ ގާލާ ނައިޓް އަދި ޕީޕަލް އެޑިޝަން އަންނަ ނޮވެމްބަރު މަހު އޮންނައިރު، އެ ދެ އިވެންޓް އޮންނާނީ އެއްކޮށް ކަމަށެވެ.

ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑު، ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށް މަޓާޓޯއިން މި އެވޯޑު ތައާރަފު ކުރީ މިދިޔަ އަހަރުއެވެ.