އެމެރިކާ ޑޮލަރުގެ ވަގު ނޫޓުތަކެއް ރާއްޖޭގައި ދައުރުވަމުންދާ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ފެތުރެމުންދަނީ އެމެރިކާ ޑޮލަރުގެ 100 ޑޮލަރުގެ ނޫޓާއި 50 ޑޮލަރުގެ ނޫޓެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އެންޑްރޫ ހީލީ އަށް އެޑްރެސް ކުރައްވާ އެމްއެމްއޭ އިން ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޑޮލަރުގެ ވަގު ނޫޓު ފެތުރެމުންދާކަމުގެ މައުލޫމާތު، މަރުކަޒީ ބޭންކަށް ލިބިފައިވާކަމަށެވެ. އަދި، ފެތުރެމުންދާ ނޫޓުތަކަކީ ރަނގަޅު ފެންވަރެއްގައި ޖަހާފައިވާ ނޫޓުތަކެއްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"...ފެތުރެމުންދާ، ރަނގަޅު ފެންވަރެއްގައި އުފައްދާފައިވާ 100 ޑޮލަރާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް އަޅުގަނޑުމެންނަށް ދަނީ ލިބެމުންނެވެ." އެމްއެމްއޭ އިން ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އެސިޓީގައި އެމްއެމްއޭ އިން އިތުރަށް ވިދާޅުވެފައި ވަނީ ވަގު ނޫޓު ދެނެގަތުމުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި، އެފަދަ ނޫޓެއް ދެނެގަނެވިއްޖެނަމަ، އެމްއެމްއޭ އިން ކުރިން ނެރެފައިވާ ސާކިއުލާ އަކާ އެއްގޮތަށް ޢަމަލު ކުރުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.

އެމެރިކާ ޑޮލަރުގެ ނޫޓަކީ، ދުނިޔޭގެ އެންމެ ވަރުގަދަ ނޫޓުތަކުގެ ތެރެއިން ގުނާލެވޭ ނޫޓެކެވެ. ޤައުމުތަކުގެ ރަސްމީ ޓެންޑަރގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ ނޫޓުތަކަކީ، ކޮންމެ ޤައުމެއްގައިވެސް ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޖްވާ

    އިންތިޚާބެއް ބޯމަތިވާ ކޮންމެ ފަހަރަކު، ވަގު ނޫޓުގެ ކުޅިގަނޑު ފެށޭނެ މި ރާއްޖޭގައި! ދިވެހި ފައިސާ ނޫނީ ވިއްޔާ ޖަޕާނުގެ ޔެން ނަމަވެސް ވަގަށް ތައްޔާރުކޮށްގެން އަތޮޅުތަކަށް ބަހާނެ!

  2. ޓަވަރު

    އަޅެ އެ ދެނެ ގަންނާނެ ގޮތް ކުޑިކޮށް ބުނެލަދިން ނަމަ؟

  3. ނަސީދު

    އެއީ އިބޫ ލަންކާޔަށް އައިފަހަރު ބާޒާރު ކޮށްލަންް އަހަރެން ދިންޑޮލަރ ކޮޅެއް އެކަން ތިބޭފުޅުން އެހާ ބޮޑުކަމަކަށް ނަހައްދަވާ ތިޔައޭ އަޅުގަނޑަށް ތިޔަބޭފުޅުން ކަމުނުދާ ކަމަކީ ޑޮލަރ ކޮޅެއްއެތެރެކޮށްލިޔަސް އެވާހަކަ މާގިނައިންދައްކަވަނީ ތިޔަދެނީ އަޅުގަނޑަށް އަނިޔާ އިނގޭތޯ މިއީޔޭ މިކިޔާ އަނިޔާ ޔަކީ .......

  4. ހުވާ

    މީގެ ދެރޭކުރިން ތި ނޫޓު ފެނިފަިވަނީ ބޭންކު އޭޓީއެމް އިން