އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ ކުރެވިފައިވާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ޕްރޮގްރާމް ތައާރަފްކޮށްފިއެވެ.

މި ޕްރޮގްރާމަކީ ޔޫ.އެން.ޑީ.ޕީ އަދި އުރިދޫ މޯލްޑިވްސް އާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ ބ.މާޅޮހުގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެލައިޑްއިން މައުލޫމާތުދިން ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މާޅޮހު ތައުލީމީ މަރުކަޒުގައި ޒަމާނީ ވަސީލަތްތަކާއި އެކު މިހުޅުވުނު ސެންޓަރުން ތަފާތު ދާއިރާތަކަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެކި އުމުރުފުރާގެ މަސައްކަތްތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ މިތަމްރީން ޕްރޮގްރާމްތައް ހިންގާ ދިނުމަށް ހަމަޖެހިފައިވަނީ ޔޫ.އެން.ޑީ.ޕީގެ އިލްމީ އަދި ފަންނީ ތަޖުރިބާކާރުންނެވެ. އަދި މިސެންޓަރަށް ބޭނުންވާ އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އުރީދޫއިންނެވެ.

މާޅޮސް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންްޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަަރަންސްގެ އަންޑަރ ރައިޓިންގ މެނޭޖަރ އަހުމަދު ޝާބިގް ވިދާޅުވީ، މިއީ ރަަށުގައި ހުރެގެންވެސް ކޮންމެ މަސައްކަތްތެރިއަކަށްވެސް އެމީހެއްގެ ހުނަރު ޓެކްނޮލޮޖީ މެދުވެރިކޮށް ކުރިއަރުވާ ތަރައްގީކުރުމަށް އެހީތެރިވެދިނުމަށް ފެއްޓެވި މަޝްރޫއުއެއް ކަމަށެވެ.

އެގޮތުން ރަށުގައި ލިބެން ނެތް ވަސީލަތްތައް ފާހަގަކޮށް އެފަދަ ފުރުސަަތުތަކަށް މަގުފަހިކޮށްދީ މަސައްކަތްތެރިން ބާރުވެރިކޮށްދިނުމުގެ މަގުސަދުގައި ހިންގޭ މިމަޝްރޫއުގައި ޔޫ.އެން.ޑީ.ޕީ، އުރިދޫ އަދި މާޅޮސް ކައުންސިލް އިދާރާއިން ފޯރުކޮށްދެއްވި އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމުގައި ވިދާޅުވިއެވެ. އަދި މި މަޝްރޫއު އެހާ ހަލުވި ދުވެއްޔެއްގައި ނިންމާލުމުގެ އަސްލަކީ ވެސް މިފަރާތްތައް ކަމުގައި ޝާބިގް ފާހަކަ ކުރެއްވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޝާބިގް ވިދާޅުވީ އާންމުންގެ ތަރުހީބު ލިބެމުންދާ ވަރަކުން މުސްތަގުބަލުގައި ވެސް އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށެެވެ.

އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް މުހައްމަދު ނިޔާޒު ވިދާޅުވީ އެލައިޑުން އިސްނަގައިގެން ފަށާފައިވާ ކޮމިއުނިޓީ ޑެވެލޮޕްމަންޓް ހަބް ޕްރޮގްރާމްގެ ބައިވެރިއަކަށް ވުމުގެ ފުރުސަތު އުރީދޫއަށް ލިބުނުކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. ނިޔާޒް ވިދާޅުވީ، އެކުންފުނީގެ މައިގަނޑު އެއް އަސާސްކަމުގައިވާ ޒަމާނީ ޑިޖިޓަލްވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުން ފާގަތިކުރުމުގެ މަސައްކަތައް އިތުރުވި މުހިންމު ބޮޅެއް ކަމުގައި މިކަން ވުމެވެ.

ނިޔާޒު ވިދާޅުވީ ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ އަދުގެ ދުނިޔޭގައި، މަސައްކަތުގެ މާހައުލަށް މިދަފަ އުކުޅުތައް އިނގުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެލައިޑްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި އާންމުން ބައިވެރިވުމަށް ހިތްވަރުދިނުމުގެ ގޮތުން އުރީދޫއިންވަނީ މިސެންޓަރުން ތަމްރީންވެގެން އަންނަ ކުދިންނަށް މަސައްކަތުގެ މާހައުލުން ހަގީގީ ތަޖުރިބާ ހޯދުމަށް އިންޓަރންޝިޕް ފުރުސަތުތައް ވެސް ފަހިކޮށްދޭނެ ކަމުގައި އިއުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    ޝާބިގް އަދި މުޅި ޢާއިލާ އަށް މަރުޙަބާ. ތީ މުޅި އަލިފުށި ފަޚުރުވެރިވާ ދަރިއެއް.

  2. ސަމާ

    ހުރިހާ ބެލެނިވެރިން ސަމާލު ވުމަށް އެދެން ރަތް ކުލައިގެ ޓީޝާޓް ލައިގެން އިންނެވި ބޭފުޅާ އަށް