އެޗްއެސްސީ މޯލްޑިވްސްގެ ފަރާތުން ބާ 2000 ކޮފީގެ ޚާއްސަ ޕްރޮމޯޝަން ޙަރަކާތެއް ކްލަބް 360 ކެފޭގައި ފަށައިފިއެވެ.

މިއަދުން ފެށިގެން ހަފްތާއަކަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ ބާ 2000 ކޮފީގެ އަޖުމަ ބެލުމުގެ ފުރުސަތު، ހިލޭ، އެ ކެފޭއަށް ޒިޔާރަތް ކުރައްވާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ފެށިގެން 18:00 ހަމަޔަށް ކްލަބް 360 އަށް ވަޑައިގަންނަވާ ކަސްޓަމަރުންނަށް ބާ 2000 ކޮފީ ހިލޭ ލިބިގެންދާނެ އެވެ.

ސްލޮވީނިއާގެ އުފެއްދުމެއް ކަމަށްވާ ބާ 2000 ކޮފީގެ ބީންސްގެ އިތުރުން ޕޮޑް ކޮފީވެސް ކަސްޓަމަރުންނަށް ލިބިގެންދާއިރު، އެ ބްރޭންޑުގެ ޖުމްލަ 5 ބްލެންޑެއްގެ ކޮފީ މިހާރު ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 'ބާ 2000 އެކްސްޓްރާ'، '2000 ޕްރޮފިއުމަޓޯ ބާ'، 'ބާ 2000 ޑޮލްޗް'، ޓަރަބޭ' ގެ އިތުރުން 'ސުޕްރީމް' އެވެ. މިއިން ކޮންމެ ބްލެންޑަކީވެސް ތަފާތު ޚާއްސަކަމެއް އެކުލެފައިވައިވާ ބްލެންޑްތަކެކެވެ.

ބާ 2000 ކޮފީގެ އަޖުމަ ބެލުމުގެ ފުރުސަތު ހިލޭ - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

އެޗްއެސްސީގެ ފަރާތުން ބާ 2000 ކޮފީ ރާއްޖެއަށް އަލަށް ތަޢާރަފް ކޮށްފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި، މާލޭގެ ކޮމްފުޑް ކެފޭ ގައެވެ. އެޗްއެސްސީ މޯލްޑިވްސްގެ ފަރާތުން މި ކޮފީ ލޯންޗުކުރުމާއެކު، ވަރަށް ގިނަ މީހުންނަށް އެ ކޮފީ އެނގި، ކޮފީގެ ރަހަ ކަމުގޮސް، މިހާރު ގިނަ ބަޔަކަށް ކަމުދާ ކޮފީ އަކަށް ބާ 2000 ވަނީ ވެފައެވެ.

ބާ 2000 ކޮފީގެ އަޖުމަ ބެލުމުގެ ފުރުސަތު ހިލޭ - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ކޮމް ފުޑްގެ އިތުރުން މިހާރު، އޮއެވަރު ގެލެރީ، ބީ ހަޓް ހުޅުމާލެ ރިއޯ ގްރޭންޑް އިތުރުން އައްޑޫ ސިޓީ ސުވާދީވް ކެފޭގައިވެސް މި ކޮފީ ލިބެން ހުންނާނެ ކަމަށް އެޗްއެސްސީ އިން މަޢުލޫމާތު ދެއެވެ. ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީ، ހުޅުމާލެ، ވިލިމާލެ ފަދަ ތަންތަނުގައިވެސް ބާ 2000 ގެ ޕްރޮމޯޝަނަލް ޙަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެޗްއެސްސީ އިން ވަނީ ހާމަކޮށްފައެވެ. އެޗްއެސްސީގެ ފަރާތުން މެނުއަލް ކޮފީ މެޝިންގެ އިތުރުން އޮޓޮމެޓިކް ކޮފީ މެޝިންތައް ވެސް ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ.