ސޮއްޓިބިޒް އިން "ބްރަދާ" ބްރޭންޑްގެ ސީލިން މެޝިން ވިއްކަން ފަށައިފިއެވެ.

ޗައިނާގެ މަޝްހޫރު ބްރޭންޑް "ބްރަދާ" ގެ ސީލިން މެޝިން ބޭނުންކޮށްގެން ތަފާތު އެކި ޕެކޭޖުތައް ބައްދަލުކޮށްލެވޭނެއެވެ. އެގޮތުން ކާބޯތަކެއްޗާއި ބޭހާއި ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން ކެމިކަލް އުފެއްދުންތައް ހުންނަ ޕެކޭޖުތައް ވެސް ވަރަށް ފުރިހަމައަށް މި ސީލިން މެޝިން ބޭނުންކޮށްގެން ބައްދަލުކޮށްލެވޭނެއެވެ.

"ބްރަދާ" ކުންފުނީގެ މިފަދަ އުފެއްދުންތަކަކީ ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބްރޭންޑްގެ އުފެއްދުންތައް ވިއްކާ އިރު އެންމެ ފުރަތަމަ މެޝިނަރީ އާއި ޕެކޭޖިން ދާއިރާއާ ގުޅޭ ސާމާނު ބްރަދާ އިން ވިއްކަން ފެށީ 1999 ވަނަ އަހަރެވެ.

މި ބްރޭންޑްގެ އަށް އިންޗީގެ ސީލިން މެޝިން ސޮއްޓިބިޒް އިން 550ރ. އަށް ލިބޭ އިރު 12 އިންޗީގެ ސީލިން މެޝިން 750ރ. އަށް ލިބޭނެއެވެ. "ބްރަދާ" ބްރޭންޑްގެ ސީލިން މެޝިން ރާއްޖެއިން ހަމައެކަނި ލިބޭނީ ވެސް ސޮއްޓިބިޒް އިންނެވެ.

މި ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތުގެ މައި ދޮރު ކުރިމަތީގައެވެ. ސޮއްޓިބިޒް އިން މާލޭގެ ހުރިހާ ސަރަހައްދަކަށް އެފިހާރައިން ވިއްކާ ތަކެތި ޑެލިވަރީ ވެސް ކޮށްދެއެވެ. އަދި ބޯޓުތަކަށް ވެސް ޑެލިވަރީގެ ހިދުމަތް އެފިހާރައިން ދެއެވެ. ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކުން 7750004 އަށް ނުވަތަ 7449955 އަށް ގުޅައިގެން ކުރިއަށްގެންދެވޭނެއެވެ.