ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ވެކްސިން ޖަހާފައިވާ މީހުންނަށް "ހިލޭ ފިއްޒާ" އެއް ލިބޭ ޕްރޮމޯޝަނެއް ޕިއްޒާ ބޭއިން ފަށައިފިއެވެ.

ޕިއްޒާ ބޭއިން ބުނީ، ވެކްސިން ޖެހުމަށްފަހު އޯޑަރު ކުރާ ކޮންމެ ޕިއްޒާއަކަށް އިތުރު އެއް ޕިއްޒާ ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ.

މާލޭގައި ޕިއްޒާ ވިއްކުމުގައި މަޝްހޫރު ޕިއްޒާ ބޭއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. އެގޮތުން ޕިއްޒާއަށް އޯޑަރު ކުރުމަށް 9807700 އަށް ގުޅުއްވުމަށް ޕިއްޒާ ބޭއިން ވަނީ އެދިފައެވެ.

ޕިއްޒާ ބޭއިން ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ހިލޭ ޕިއްޒާ ދޭން ނިންމާފައިވާއިރު، މާލޭގެ މަޝްހޫރު އެކި ރެސްޓޯރެންޓްތަކުން ވަނީ މިފަދަ ޕްރޮމޯޝަންތަކެއް ފަށާފައެވެ. އެގޮތުން ބަލާއިރު، ސީހައުސްއިންވެސް ވަނީ ވެކްސިން ޖެހުމުން ޚާއްސަ ޑިސްކައުންޓެއް ލިބޭނެ އިންތިޒާމުވެސް ހަމަ ޖައްސާފައެވެ.

ސީހައުސް ރެސްޓޯރެންޓުން ބުނީ ބުރާސްފަތި ނޫން ކޮންމެ ދުވަހަކު ވެކްސިން ޖެހިކަން އަންގައިދޭ ކާޑާ އެކު އެ ކެފޭ އަށް ގޮސް އޯޑަރު ކުރާ އެއްޗެހިން 15 އިންސައްތަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މާލޭގެ އެކި ރެސްޓޯރެންޓްތަކުން މިފަދަ ޕްރޮމޯޝަންތަކެއް ފަށާފައިވާއިރު، އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 3،054 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އަދި މިހާތަނަށް އެ ސަރަހައްދުން 59،077 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޕޮޒިޓިވް މީހުންނަށް ވެސް ދޭންވީނު😭😭😭

    15
    1
  2. މާމިގިލީ މީހާ

    އަހަރުން ބޭނުމެއް ނޫން، ތި ޕިއްޒާ ކާކައް، ވެކްސިން ވެސް ޖަހާކަށް.

  3. ކުމާރުގޮހޮރު

    ޕޮޒިޓިވް ވާން ބޭނުންވާ ބޭފުޅުންނަށް ވެސް ހިލޭ

  4. އެޓާނީޖެނެރަލް

    އެންމެ ޕިއްޒާއަކަށް އަމިއްލަ ހަށިގަނޑުގައި ތި ވެކްސިން ޓެސްޓްކުރާކަށް ނުދެވޭނެ،