މުޅި ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓުބިލް ބޮޑުވާ މައްސަލައަށް ހައްލެއް ރެޑްވޭވުން ގެނެސްދީފިއެވެ.

ރެޑްވޭވުން ބުނީ، ގޭގޭގައި ކަރަންޓުވިލު ބޮޑުވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ގޭގޭގައި ބޭނުން ކުރާ އޭސީ، ފްރިޖް އަދި ދޮންނަ މެޝިންގެ ސަބަބުން ކަމަށެވެ. އެހެން ކަމުން އެކަމަށް ހައްލެއް ގެނެސްދީ ކަރަންޓު ބިލު 30 އިންސައްތައާއި 70 އިންސައްތަ އާއި ދެމެދުގެ މިންވަރަކަށް ކުޑަވެގެންދާނެ މަގެއް ރެޑްވޭވުން ވަނީ ފަހިކޮށްދީފައެވެ.

އެއީ ރެޑްވޭވުން ވިއްކާ ހައިސެންސް އަދި ޝާރޕް ބްރޭންޑުގެ އޭސީ، ޝާރޕް ރެފްރިޖެރޭޓަރު އަދި ޝާރޕް ފްރަންޓްލޯޑް ދޮންނަ މެޝިނުގައި ބޭނުންކޮށްފައިވާ، ކަރަންޓު ހަރަދު އިންތިހާއަށް ކުޑަކޮށްދޭ އިންވަރޓަރ ޓެކްނޮލޮޖީއެވެ. އެގޮތުން ރެޑްވޭވްއިން ދަނީ ކަރަންޓު ބިލަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އިންވަރޓަރ ޓެކްނޮލޮޖީއަކީ ރެފްރިޖެރޭޓަރ އަދި އެއަރ ކޮންޑިޝަނަރފަދަ ތަކެތީގައި ޑައިރެކްޓް ކަރަންޓް (ޑީސީ) އޮލްޓަރނޭޓިންގ ކަރަންޓް (އޭސީ) އަށް ބަދަލުކޮށްދޭ ނިޒާމެކެވެ. މި ޓެކްނޮލޮޖީއަކީ އޭގެ ސަބަބުން ކަރަންޓު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމެކެވެ.

ރެޑްވޭވް އިން ވިއްކަމުންގެންދާ އިންވާޓަރގެ ތަފާތަކީ ޖަޕާންގެ ޓެކްނޮލޮޖީއިން މިއިންވާޓަރ ފައްކާކުރެވިފައިވުން ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ، ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ވަރަށް ހާއްސަ އަގުތަކެއްގައި އިންވާޓަރ އޭސީ، ދޮންނަމެޝިން އަދި ރެފްރިޖެރޭޓަރ ރެޑްވޭވްއިން ލިބެން ހުންނާނެ ކަމަށާއި ކަރަންޓު ބިލަށް ޖީބުން ކުރާ ޚަރަދު ކުޑަވުމަކީ ދާއިމީ ގޮތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.

ރަމަޟާން މަހާ ދިމާކޮށް ބާޒާރުގައި ސޭލްތައް ކުރިއަށްދާއިރު، ރެޑްވޭވްގެ އިލްތިމާސަކީ ބައްލަވައިގަންނަވާ އެއްޗެއްގެ އަގުގެ އިތުރުން ކޮލިޓީ އަދި ފީޗަރސް ރަނގަޅަށް ބައްލަވާ ދާއިމީ މަންފާއެއް ލިބޭނެގޮތަށް ތަކެތި ބައްލަވައިގަތުމެވެ.

ރެޑްވޭވުން ދަނީ ރަމަޟާން މަހާ ދިމާކޮށް ހާއްސަ ސޭލެއްވެސް ކުރިއަށް ގެންދަމުންނެވެ. ރެޑްވޭވްގެއައިޓަމްތައް ހޯލްސޭލްކޮށްވެސް ވަރަށް ހާއްސަ އަގުތަކެއްގައި ލިބޭނެއެވެ.