ވަން ޕްލަސް އިން މި އަހަރުގެ މާރިޗް މަސް ތެރޭގައި ނެރުނު ވަން ޕްލަސް 9 އާއި ވަން ޕްލަސް 9 ޕްރޯގެ ފޯނުގެ އާ ސްޓޮކެއް ބެސްޓް ބައި މޯބައިލްސްއަށް ގެނެސްފިއެވެ.

އެ ކުންފުނީގެ ދެ ފިހާރައިންވެސް މިހާރު ވަން ޕްލަސް 9 އާއި ވަން ޕްލަސް 9 ޕްރޯގެ ފޯނުތައް ލިބެން ހުންނާނެ އެވެ.

އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ވަން ޕްލަސްގެ އެންމެ ފަހުގެ ފޯނުތައް މި ސަރަހައްދުން ލިބެން ހުންނާނީ ބެސްޓް ބައި މޯބައިލުންނެވެ.

ވަން ޕްލަސް ސީރީޒްގެ ދެ ފޯނަށް ބަލާއިރު، ކުރީގެ ފޯނުތަކާ ހިލާފަށް ވަރަށް ވަރުގަދަ ކެމެރާއެއް މި ދެ ފޯނުގައިވެސް ހިމެނެއެވެ. އެގޮތުން މި ފޯންގެ ފަހަތުގައި ތިން ކެމެރާ އިދެއެވެ. އެއީ 48،50،2 މެގްޕިކްސެލް ކެމެރާ އެވެ. އަދި މީގެ އިތުރުން ފްރޮންޓްގައި އިންނަނީ 16 މެގަޕިކްސަލް ކެމެރާ އެކެވެ.

ވަން ޕަލްސް9ގެ ފޯންތައް ވިއްކާ އަގުތައް

  • ވަން ޕްލަސް 9 5ޖީ 128ޖީބީ 8ޖީބީ ރެމް 12،499 ރުފިޔާ
  • ވަން ޕްލަސް 9 5ޖީ 256ޖީބީ 12 ޖީބީ ރެމް 13،999 ރުފިޔާ
  • ވަން ޕްލަސް 9 ޕްރޯ 5ޖީ 128ޖީބީ 8ޖީބީ ރެމް 16،499 ރުފިޔާ
  • ވަން ޕްލަސް 9 ޕްރޯ 5ޖީ 256ޖީބީ 12 ޖީބީ ރެމް 17،999 ރުފިޔާ

ބެސްޓް ބައި މޯބައިލް އިން ބުނީ، މި ސީރީޒްގެ ފޯންތަކުގެ ހުރިހާ ކުލަތަކެެއް އެކުންފުނީގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.

ބެސްޓް ބައިގެ ފިހާރަތަކުން މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ފަހުގެ ފޯންތައް ލިބެން ހުންނާނެ އެވެ. އަދި ފޯނާއި ގުޅުން ހުރި އެސެސަރީޒްވެސް އެންމެ ހެޔޮ އަގެއްގައި ލިބޭނީ އެ ފިހާރައިންނެވެ.

އެ ކުންފުނީގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ.

ބެސްޓް ބައި މޯބައިލްއިން ގަންނަ ފޯންތައް މާލެ ސަރަހައްދަށް ހިލޭ ޑްލިވަރީ ކޮށްދެމުންދާއިރު، ބޯޓުތަކަށްވެސް ޑެލިވަރީ ހިދުމަތް ދެމުންގެންދެއެވެ.