ކާއެއްޗެހި ރައްކާ ކުރުމަށް ބޭނުން ކުރާ ރެޕޮކް ބްރޭންޑުގެ ކްލިންގް ފިލްމް ސޮއްޓިޒްއިން ވިއްކަން ފަށައިފިއެވެ.

މިއީ އެފްޑިއޭއިން އެޕްރޫވްކޮށްފައިވާ ރައްކާތެރި ފިލްމެކެވެ. އެހެންކަމުން ކާއެއްޗެހީގައި މިފިލްމް އެޅުވި ނަމަވެސް ނުރައްކަލެއް ނެތެވެ.

ރެޕޮކް ބްރޭންޑުގެ ކްލިންގް ފިލްމަކީ އެކި ކަންކަމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން، ކާއެއްޗެހި ރައްކާ ކުރުމަށް އެ އެއްޗެހީގައި އެޅުވުމުގެ އިތުރުން މޭވާ އާއި ތަރުކާރީގެ ބައެއް ކެނޑުމަށްފަހު އެ ހަލާކުވިޔަ ނުދީ ތާޒާ ކަންމަތީ ބެހެއްޓުމަށްވެސް މި ފިލްމް ބޭނުން ކުރެވިދާނެއެވެ. އަދި ތަރުކާރީ ހޫނު ކުރުމުގައިވެސް މި ފިލްމް ބޭނުން ކުރެވޭނެއެވެ.

މި ފިލްމުގެ އެންމެ މޮޅު ކަމަކީ މިއީ މައިކްރޮވޭވްއާ ރައްޓެހި ފިލްމަކަށް ވުމެވެ. ބައެއް ފަހަރު ބޭނުން ކުރާ ފިލްމަކީ ކޮލިޓީ ދަށް ޕްލާސްޓިކުން ހަދާފައިވާ އެއްޗަކަށްވުމުން މައިކްރޮވޭވަށް ލުމުން އެ ވިރައިގެން ދިއުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ރެޕޮކް ބްރޭންޑުގެ މި ފިލްމު އަޅުވާފައި ތަކެތި މައިކްރޮވޭވްގައި ހޫނު ކުރުން ރައްކާތެރިއެވެ.

ރެޕޮކް ބްރޭންޑުގެ ކްލިންގް ފިލްމް ބަންދުކޮށްފައިވާ ފޮށިގަނޑަކީ ފިލްމް ކަފާނެ ކަޓާއަކާއެކު އިންނަ ފޮއްޓެކެވެ.

ސޮއްޓިބިޒް އިން މި ކްލިންގް ފިލްމުގެ ތިން ސައިޒެއް މިހާރު ލިބޭނެއެވެ.

ރެޕޮކް ފިލްމް ލިބޭ އަގުތައް

- 30 ސެންޓިމީޓަރުގެ 30 މީޓަރު ފިލްމް: 65ރ.
- 30 ސެންޓިމީޓަރުގެ 300 މީޓަރު ފިލްމް: 200ރ.
- 40 ސެންޓިމީޓަރުގެ 300 މީޓަރު ފިލްމް: 250ރ.

މި ފިލްމް ގަންނަން ބޭނުންވާ މީހުންނަށް ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކައިރީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ގަނެލެވޭނެއެވެ. ނުވަތަ ޑެލިވަރީގެ ހިދުމަތް ހޯދުމަށް 7449955 އަށް ނުވަތަ 7750004 އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ.

ސޮއްޓިބިޒްއިން ވަނީ ރޯދަ މަހާ ދިމާކޮށް ބަދިގޭގައި އާއްމުކޮށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވިއްކަން ފަށައިފައެވެ. އެ ފިހާރައިން މިތަކެތި ވިއްކަނީ މިވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ ހެޔޮ އަގުގައެވެ.