ބެޑިންގ ސެޓެއް ރީތިވެގެން ގަންނަން އަގު އަހާލާއިރު އަގު ބޮޑުވެގެން އެ ޚިޔާލު ދޫކޮށްލަން ޖެހުނީ ކިތަށް ފަހަރުތޯއެވެ. މީސް މީޑިއާގައި އުޅޭނަމަ، މިކަހަލަ ރީތި އެތައް އެއްޗެއް ފެނިފައިވާނެކަން ޔަގީނެވެ. ލައިކެއް ދީފައި ނުވަތަ ޕޯސްޓް ސޭވްކޮށްލާފައި ދޫކޮށްލަން ޖެހޭފަހަރުވެސް އާދެއެވެ. އެހެންނަމަވެސް ރެޑްވޭވުން ވިއްކާ ބެޑިންގ ސެޓުތަކަކީ ނުގަނެ ދޫކޮށްލެވޭ ވަރަށްވުރެ ރީތި އަދި އެހާމެ އަގުހެޔޮ ސެޓްތަކެކެވެ.

ޢާންމުކޮށް ބާޒާރުގައި ވިއްކާ އަގުތަކަށްވުރެ، ތިން ގުނަ ހެޔޮކޮށް ވިއްކާ މި ސެޓުގައި އަޅާލަން ފަސޭހަ ބެޑްޝީޓަކާއި، ބާލީސް އުރަ އަދި ކަންނެޔޮ އުރަ ހިމެނެއެވެ.އެގޮތުން ސިންގަލް ސެޓަކާއެކު ދެ ބާލީސް އުރަ ހިމެނޭއިރު، ޑަބަލް، ކުއީން އަދި ކިންގް ސެޓްގައި ހަތަރު ބާލީސް އުރަ ހިމެނެއެވެ. ސެޓްގެ އަގު -/165 އާ -/225 އާދެމެދުގައި ހުރިއިރު، ކުއިލްޓް ކަވަރ ބޭނުންވާނަމަ، ހަމަ އެހާމެ އަގުހެޔޮކޮށް އެވެސް ލިބެން އެބަ ހުއްޓެވެ.

ރެޑްވޭވްގެ މި ސަޅި ބެޑިންގ ސެޓްތައް ރެޑްވޭވްގެ ފިހާރަތަކުން އަދި ވެބްސައިޓުންވެސް ލިބޭނެއެވެ.

ރެޑްވޭވް އިން މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ ރޯދަސޭލްގެ ތެރޭން މިފަދަ އަދި އިތުރު މުދާ ތައާރަފްކުރެވި، ރައްޔިތުންނާއި ހަމައަށް ހެޔޮއަގުގައި ގެނެސްދެވޭނެއެވެ. އެގޮތުން މިޕްރޮމޯޝަންގައި އެެއް ވަނައަށް 100،000ރ ނަސީބުވެރިފަރާތަކަށް ލިބިގެންދާއިރު، ފަސއް ފަރާތަކަށް 10،000ރ އަދި 20 ފަރާތަކަށް އަގުހުރި 20 އިނާމް ލިބޭނެއެވެ.