އެންޒީން ރާއްޖޭގެ ބާޒާރަށް މުޅިން އާ ވައްތަރެއް ހަތަރު މަސް ދަޅެއް ތައާރަފްކޮށްފިއެވެ.

މި ހަތަރު ވައްތަރުގެ މަސްދަޅު ތައާރަފްކޯށްފައި ވަނީ އެންޒީންގެ ފިހާރަތަކުން އާއްމުންނަށް އެ މަސްދަޅުގެ ރަހަ ބަލާލުމުގެ ފުރުސަތާއި އެކުއެކީގައެވެ.

އެންޒީން ބުނީ، މި މަސް ދަޅުތައް ތައާރަފްކޮށްފައި މި ވަނީ ދިވެހިންގެ ތެރޭގައި އެންމެ ކަމުދާނެ ބާވަތްތަކަށް ވިސްނާ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އެންމެ ކަމުދާނެ ކަހަލަ ގޮތަކަށް ވިސްނާފައި ކަމަށެވެ.

މިހާރު ކުރިއަށްމިދާ ރަމަޟާން މަހާއި ދިމާކޮށް އެންޒީން ތައާރަފްކުރި މި މަސްދަޅުތަކުގެ ތެރޭގައި ހިމެނެނީ، ޓޫނާ އިން ޗިލީ ސޯސް، ޓޫ ސްޓީކް އިން ސަންފްލާވާ އޮއުލް، ލައީޓްލީ ސްމޯކްޑް ޓޫނާ އިން ސަންފްލާވާ އޮއިލް، އަދި ވެންޓްރެސްކާ އިން ސަންފްލާވާ އޮއިލް އެވެ.
އެންޒީން ބުނީ، މި މަސްދަޅުތަކުގެ އަގު މިހާރު އެންޒީން ވިއްކާ މަސްދަޅުތަކާއި އެއްފަދައިގެން އަގުހެޔޮ ވާނެ ކަމަށެވެ. އެގޮތުން މަސްދަޅެއްގެ އަގު އުޅެނީ 12 ރުފިޔާ އާއި 16 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށް އެންޒީން ބުންޏެވެ.

އެންޒީންގެ މި އާ ޕްރޮޑަކްޓް މިހާރު އެންޒީގެ ހުރިހާ ފިހާރަތަކުން ލިބެން ހުންނާނެ އެވެ. އަދި އެންޒީ.އެމްވީ ވެބްސައިޓުންވެސް ލިބެން ހުންނާނެ އެވެ.