އައިފޯނުގެ ބެޓަރީއަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ހިދުމަތް ސޮއްޓިބިޒް އިން ދޭން ފަށައިފިއެވެ.

ސޮއްޓިބިޒް އަކީ ރާއްޖޭގެ ޓެކް ދާއިރާގައި ހަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ގިނަ ބަޔަކު އިތުބާރު ކުރާ ފިހާރައެކެވެ. އެ ފިހާރައިން ވިއްކާ ހުރިހާ އުފެއްދުމަކީ ކޮލިޓީ ރަނގަޅު މޮޅު އުފެއްދުންތަކެކެވެ.

އައިފޯނު ބެޓަރީގެ ހިދުމަތާއެކު ސޮއްޓިބިޒް އިން އެއް މަހުގެ ވޮރެންޓީ ވެސް ލިބޭނެއެވެ. މި އެއް މަހުގެ ތެރޭގައި ބެޓަރީއަށް އެއްވެސް ގެއްލުމެއް ވެއްޖެނަމަ އެ ފިހާރައިން ހިލޭ ސާވިސް ކޮށްދޭނެއެވެ.

ސޮއްޓިބިޒް އިން ބެޓަރީ ރިޕްލޭސް ކޮށްދޭ އަގުތައް

- އައިފޯން 6: 500ރ.
- އައިފޯން 6 ޕްލަސް: 550ރ.
- އައިފޯން 6 އެސް: 500ރ.
- އައިފޯން 6 އެސް ޕްލަސް: 550ރ.
- އައިފޯން 7: 550ރ.
- އައިފޯން 7 ޕްލަސް: 600ރ.
- އައިފޯން އެކްސް: 700ރ.
- އައިފޯން އެކްސްއެސް މެކްސް: 900ރ.
- އައިފޯން 11: 990ރ.
- އައިފޯން 11 ޕްރޯ މެކްސް: 1200ރ.

ސޮއްޓިބިޒް އިން ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ޗާންދަނީ މަގުގެ ޖަލާލުއްދީން މިސްކިތް ކައިރީގައި ހުންނަ އެކުންފުނީގެ ފިހާރައަށް ޒިޔާރަތް ކޮށްގެން ހިދުމަތް ހޯދޭނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ 7449955އަށް ވައިބާކޮށްގެންވެސް މައުލުމާތު ހޯދޭނެއެވެ.

 

ރާއްޖެގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ފިހާރައިން ހިދުމަތް ހޯދޭނެއެވެ. އެގޮތުން ވައިބާ މެދުވެރިކޮށް ބޯޓުގެ މައުލޫމާތު ދިނުމުން ފޯނުތައް މަރާމާތު ކުރުމަށްފަހު އެ ބޯޓަކަށް ލައިދޭނެއެވެ.