މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ވިޔަފާރި ހިންގުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދެމުން އަންނަ ބްލޭޒަން އިންކްއިން ރަސްމީކޮށް އެ ކުންފުނީގެ މޯލްޑިވްސް މީޑިއާ ހަބް ލޯންޗް ކޮށްފިއެވެ.

ބްލޭޒަން އިންކްއިން ބުނެފައިވަނީ އެކުންފުނީގެ މީޑިއާ ހަބް މެދުވެރިކޮށް އިޝްތިހާރު ކުރާ މީހުންނަށް ގިނަ ލީޑް ލިބި، ޕަބްލިޝް ކުރާ މީހުންނަށް މާލީ ގޮތުން ފައިދާވެގެން ދާނެއެވެ.

މީޑިއާ ހަބުން އެތައް ހިދުމަތްތަކެއް ލިބިގެންދާނެއެވެ. އެގޮތުން ބްލޭޒް އިންކްއިން ޓީވީ އާއި، އޮންލައިން ނުވަތަ ޕްރިންޓް، ޑިޖިޓަލް އަދި އާންމުންގެ ތެރޭގައި އިޝްތިހާރު ކުރުމަަށް އެހީވެދެއެވެ.

އޭގެ އިތުރުން މީޑިއާހަބުން މީހުންގެ ސަމާލުކަން ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް އިޝްތިހާރު ހަދައެވެ. މި ހިދުމަތް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބްލޭޒަން އިންކުން ބުނެފައިވެއެވެ.

އަދި ވިޔަފާރީގައި ކުރިއަރަމުން އަންނަ ކުންފުނި ތަކަށާއި އޯގަނައިޒޭޝަން ތަކަށް މާ ފަސޭހަ ގޮތަކަށް އާންމުންނާއި ހިސާބަށް ޕްރެސް ރިލީޒް ކުރެވޭނެ މަގު "މޯލްޑިވްސް އާރް އާރް ޕޯޓަލް" އިން ލިބިގެންދާނެއެވެ. މި ކްލިކް ޕޯޓަލް ބޭނުންކޮށްގެން އަމިއްލައަށް އެންގުން ތަކާއި މައުލޫމާތު ހިއްސާކުރެވިގެން ދާނެއެވެ.

މީގެ އިތުރުން ފްރީލޭންސްކޮށް މަސައްކަތް ކުރާ މީހުންނަށް ބްލޭޒަންގެ މީޑިއާ ހަބަކީ ކުރިއެރުމަށް ރަނުގެ ފުރުސަތަކަށް ވެގެން ދާނެއެވެ. ސްޓޫޑިއޯ ސާވިސް އާއި މަސައްކަތުގެ ކޮންޓެންޓް ތައްޔާރު ކުރުމުގައި މި މީޑިއާ ރިސޯސްގެ ބޭނުން ހިފޭނެއެވެ.

އެއާއި އެކު މީޑިއާ ހަބުން ސްޓޮކް އިމޭޖް އާއި ވީޑިއޯ ލައިބްރަރީ ޝާއިއުކުރަން ބޭނުންވާ މީހުންނަށް "ސްޓޮކް360" މެދުވެރިކޮށް އެފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ރަނގަޅު ރޭޓެއްގައި އެންމެ ކޮލިޓީ ކޮންޓެންޓް ޝާއިއުކުރެވިގެން ދާނެއެވެ.

މިއީ ރާއްޖޭގައި މިހިދުމަތް ދެވޭ ފުރަތަމަ ފަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު