ޒިއޮމީ ރެޑްމީ 8 އޭ ޑުއަލް ފޯނަކީ ބަޖެޓް ފޯނެކެވެ. މިގޮތުން މިފޯނަކީ އޮފީސްތަކަގެ ބެކަޕް ފޯނެއްގެ ގޮތުގައި ވެސް ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ ފޯނެކެވެ. ސަބަބަކީ ފަސޭހަ އިން ވައިބަކޮށްލުމާއި ގިނައިރު ބެޓަރި ޑައުންނުވެ ފޯނުކޮށްލުމަށް ވަރަށް ކަމުދާ ފޯނެކެވެ. މިފޯނުން ދެން އެންމެ ފާހަގަކޮށްލެވޭ ބޭނުމަކީ މުނިކާފަ / މާމަމެން ޤުރުއާން އެޕްލިކޭޝަން އަޅައިގެން ނުވަތަ ދުއާ އެޕްލިކޭޝަން އަޅައިގެން ކިޔަވާލުމަށް ވަރަށް ކަމުދާނެ ފޯނަކަށް ވާތީއެވެ. އޭގެ އެއްމެ ބޮޑު އެއް ސަބަބަކީ މިފޯނުގެ ޑިސްޕްލޭ ބޮޑުވެފަ ފޯނު ބޭނުންކުރަން ފަސޭހަވުމާއި އަޑު ރީތިވުމެވެ. އަދި ކުޑަކުދިންނަށް ކާންދޭއިރު އެކުދިން އަތަށް އަގު ބޮޑު ފޯނުތައް ދިނުމުގެ ބަދަލުގައި މިފޯނުގެ ބޭނުންކުރުން ކިހިނެއްތޯ؟

• އުފެއްދި ތާރީހު: 11 ފެބްރުއަރީ 2020
• ފޯނުގެ ސައިޒް: 6.16x2.97x0.37” އިންޗި
• ފޯނުގެ ޑިސްޕްލޭ: އައިޕީއެސް އެލްސީޑީ ގޮރިއްލާ ގްލާސް 5
• ފޯނުގެ އޯއެސް: އެންޑްރޮއިޑް 10، އެމްއައިޔޫއައި 12
• ފޯނުގެ މެމަރީ: 32 ޖީބީ، ރެމް 2 ޖީބީ
• ފޯނުގެ ކެމެރާ: ސެލްފީ ކެމެރާ 8 މެގަ ޕިކްސެލް
• ފޯނުގެ މެއިން ކެމެރާ: 13 މެގަ ޕިކްސެލް
• ފޯނުގެ ބެޓެރީ: 5000 މިލިއެމްޕް އަވަރސް ( 18 ވޯލްޓުގެ ފާސްޓް ޗާޖުކުރެވޭ)
• ފޯނުގެ އެހެނިހެން ފީޗަރސް: އެފްއެމްރޭޑިއޯ، ސީޓައިޕް ޔޫއެސްބީ ޗާޖުކުރެވޭ، ބުލޫ ޓޫތް 5.1

މީގެ އިތުރުން، އެ ފިހާރައިން ފޯންތައް މަރާމާތުކޮށް ދިނުމުގެ ހިދުމަތްވެސް ދެއެވެ. އެހެންކަމުން މޯބައިލް ފޯނު މަރާމާތުކުރަން ބޭނުންވާ ރަށްރަށުގައި ތިބި ފަރާތްތަކުންވެސް މަރާމާތުކުރުމަށް ބޭނުންވާ މޯބައިލް ފޯނު ބޯޓަށް ނޫނީ ލޯންޗް ފަހަރަށް ލުމަށްފަހު ސޮއްޓިބިޒް ފިހާރައިގެ ނަމްބަރ 7449955 އަށް ގުޅާލުމުން ނުވަތަ ވައިބަރ ކުރުމުން އެ ފިހާރައިގެ ފަރާތުން ފޯނު ނަގާ، ފޯނު މަރާމާތުކުރުމަށްފަހު އަނބުރާ ބޯޓު ނޫނީ ލޯންޗާއި ހަމައަށް އިތުބާރާއި ޔަގީންކަމާއިއެކު ގެންގޮސް ދޭނެއެވެ.

ސޮއްޓި ބިޒް މޯބައިލް ފިހާރައިން ވިއްކާ ފޯންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑް ތަކުގެ މޯބައިލް ފޯން ކަމުގައިވާ އެޕަލް، ސެމްސަންގ، ޒިއޯމި، ފަދަ ބްރޭންޑްތަކުގެ އިތުރުން އެންމެ އާދައިގެ ފޯންތައްވެސް ލިބެން ހުންނާނައެވެ. މިފިހާރައިން ވިއްކާ މޯބައިލް ފޯންތައް ރަށުގެ ލޯންޗާއި ހަމައަށް ނޫނީ ބޯޓު ފަހަރާއި ހަމައަށް ޑެލިވަރކޮށް ދޭނެއެވެ.

ސޮއްޓި ބިޒް ފިހާރައިން ވިއްކާ ފޯންތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭއިރު، އެފަހާރައިން ވިއްކާ ފޯންތަކާއި، ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 7750004 އަށް ގުޅުމުން ބޭނުންވާ މައުލޫމާތު ލިބޭނެއެވެ. ސޮއްޓި ބިޒް ފިހާރަ މިހާރު ހުންނަނީ ޗާންދަނީމަގު ޖަލާލުއްދީން މިސްކިތުގެ މެއިންޑޯގެ ކުރިމަތީގައެވެ.