މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ތިން ދުވަހު ލިބޭނެ ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި އެމްއެމްއޭ ގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި މާދަމާއިން ފެށިގެން މި މަހުގެ 20 ވަނަ ދުވަަހާއި ހަމަޔަށް އެބޭންކު ބްރާންޗް ތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

 

މީގެ އިތުރުން މިހާލަތުގައި މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަންގަވައި ހިދުމަތް ހޯއްދެވުމަށް ބޭންކަށް ވަޑައިގެންނެވުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބެވި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ބީއެމްއެލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ބީއެމްއެލުން ބުނީ އެޕޮއިންޓްމެންޓަށް އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދޭނެ ކަމަށެވެ. އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު