މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އިހުސާނު ފިހާރައިން ހިލޭ ޑެލިވަރީގެ ހިދުމަތް ފަށަން ތައްޔަރުވެއްޖެ އެވެ.

އެފިހާރައިން ބުނެފައިވަނީ ޑެލިވަރިގެ ހިދުމަތް ފަށަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ލިބޭނީ 100 ރުފިޔާއަށްވުރެ މަތިން ކުރާ ވިޔަފާރިތަކަށް ކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

އިހުސާން ފިހާރަތަކަށް ގުޅޭނެ ނަންބަރުތައް:

މާފަންނު އިހުސާން ފިހާރަ 1 (9782502/9782503)

ގަލޮޅު އިހުސާން ފިހާރަ 2 (9782562/9782561)

މައްޗަންގޯޅި އިހުސާން ފިހާރަ 3 (9782439/9782408)

މީގެ އިތުރުން އިހުސާން ފިހާރައިން ބުނެފައިވަނީ އޯޑަރު ކުރަން ބޭނުން ފަރާތްތަކަށް އެފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ގުޅައިގެންވެސް އޯޑަރު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19އާއި ގުޅިގެން މީގެ ކުރިން އިއުލާނު ކުރި ފުރަބަންދާއި އެކުވެސް އިހުސާން ފިހާރައިން ވަނީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ޑެލިވަރީގެ ހިދުމަތްތައް ގެންގޮސްފައެވެ.

އިހްސާން ފިހާރައަކީ މާލެ ސަރަހައްދުގައި އެންމެ ފުޅާދާއިރާގައި ކާންބޯން ބޭނުން ކުރާ ގިނަ ސާމާނުތައް ހެޔޮ އަގުގައި ލިބެމުންދާ ފިހާރައެެކެވެ.