ދިރާގުން މަމެން ޑޭޓާ އެޑް-އޯންސް ތަކުން އަނެއްކާ ވެސް ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް މަމެންގެ ބައެއް ޑޭޓާ އެޑް-އޮން ތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލިބިގެން ދާނެ ކަމަށެވެ.

ޑޭޓާ އެޑް-އޯންސް ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޯންސްތައް ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން މަމެން 2ޖީބީ، 3ޖީބީ، 6ޖީބީ އަދި 12ޖީބީގެ އެޑް-އޯންސްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އެޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރބީ" އިން ކަމަށާއި ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެން ދާނެ ކަމަށެވެ. އަދި ހުރިހާ ކަސްޓަމަރުން ވެސް އެޑްއޯންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައިއެވެ.

އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް. އެމް. އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މިމޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވައިވާ އެޕްލިކޭޝަނެއް ކަން ފާހަނގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު