މާލެ ސަރަހައްދުގައި މީރު ކާއެއްޗެހި ތައްޔާރުކުރާ އެއް ރެސްޓޯރެންޓް ކަމަށްވާ ކޮފީ ތަށި ރެސްޓޯރެންޓުން ޑެލިވަރީއަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށް، ޑެލިވަރީ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދިވެހިންގެ މަގްބޫލުކަން ހޯދާފައިވާ ކޮފީތަށި ރެސްޓޯރެންޓުން ނެރުނު ޕެކޭޖްތަކުގައި ތަފާތު އެތައް ވައްތަރެއްގެ ކެެއުންތައް އެބަ ހުއްޓެވެ. މި ކެއުންތަކުގެ އެތައް ވައްތަރުތަކެއް ހުރިއިރު، އާއިލާ މީހުން އެއްކޮށް ކާން ހާއްސަ ޕެކޭޖްތަކެއް ހިމެނެއެވެ.

ކޮއްތު ރޮށި ޕެކޭޖް

އެ ތަނުން ކޮއްތު ރޮށީގެ ތިން ވައްތަރެއް ލިބޭނެއެވެ. އެއީ ޓޫނާ ކަބާބް، ޗިކަން ކަބާބް، އަދި ބީފް ކަބާބެވެ. މި ޕެކޭޖްތަކުގައި 2،4،6މީހުންނަށް ކެވޭ ގޮތަށް ކަނޑައަޅައި، އަގުތަކާއެކު ހިމަނާފައި ވެއެވެ. އަދި ހިލޭ ކޯކު ފުޅިއެއް ލިބޭނެކަމަށް ބުނެފައި ވެއެވެ.

ބިރިޔާނީ ޕެކޭޖް

މި ޕެކޭޖާއެކު، ކިއުކަންބާ ސެލެޑް، ވެޖިޓަބަލް ކުރަމާ، ޕިރިނީ، ޕާޕަރު އަދި ހިލޭ ކޯކެއް ހިމަނާފައި ވެއެވެ. މި ޕެކޭޖްތަކުގައި 2،4،6މީހުންނަށް ކެވޭ ގޮތަށް ކަނޑައަޅައި، އަގުތަކާއެކު ހިމަނާފައި ވެއެވެ.

ކުއީންސް ބާގާ ކޮމްބޯ

މި ޕެކޭޖްގައި ތިން ބާގާ އާއި ތިން ކްރިސްޕޯ ޗިކަން އާއި ހިލޭ ކޯކް ފުޅިއެއްގެ އިތުރުން، ފްރެންޗް ފްރައިސް ލިބޭނެއެވެ. މި ޕެކޭޖްގެ އަގަކީ ++299 ރުފިޔާ އެވެ.

ކުއީންސް ކޮމްބޯ ޕްރޯ

މި ޕެކޭޖްގައި އެއް ޕިއްޒާ، އެއް ކްރިސްޕީ ޗިކަން ބާގާ، އެއް ސަބްމެރިން، ހިލޭ ކޯކް ފުޅިއެއްގެ އިތުރުން، ފްރެންޗް ފްރައިސް ލިބޭނެއެވެ. މި ޕެކޭޖްގެ އަގަކީ 250++ ރުފިޔާ އެވެ.

ކުއީންސް ކޮމްބޯ ޕްރޯމީލް

މި ޕެކޭޖްގައި އެއް ޕިއްޒާ، ދެ ކްރިސްޕީ ޗިކަން ބާގާ، ދެ ސަބްމެރިން، ހިލޭ ދެ ކޯކް ފުޅިއެއްގެ އިތުރުން، ފްރެންޗް ފްރައިސް ލިބޭނެއެވެ. މި ޕެކޭޖްގެ އަގަކީ 350++ ރުފިޔާ އެވެ.

ކުއީންސް ކޮމްބޯ ޕްރޯމީލް މިކްސް

މި ޕެކޭޖްގައި އެއް ޕިއްޒާ، ދެ ކްރިސްޕީ ޗިކަން ބާގާ، ދެ ސަބްމެރިން، އެއް ބިރިޔާނީ ނޫނީ ކޮއްތު ރޮށި، ހިލޭ ދެ ކޯކް ފުޅިއެއްގެ އިތުރުން، ފްރެންޗް ފްރައިސް ލިބޭނެއެވެ. މި ޕެކޭޖްގެ އަގަކީ 400++ ރުފިޔާ އެވެ.

ކޮފީތަށީގެ މި އާ ޕެކޭޖްތަކާއެކު، ކެއުންތަކުގެ އަގުތައް މި ވަނީ ހެޔޮވެގެން ގޮސްފައެވެ.

ކޮފީތަށިން ބުނީ، އެ ރެސްޓޯރެންޓުން މާދަމާ އިން ފެށިގެން ހެނދުނު 10:00 އިން ރޭގަނޑު 23:00 އަށް ޑެލިވަރީ ހިދުމަތް ދެމުންގެންދާނެ ކަމަށެވެ. އެތަަނަށް ޑެލިވަރީ ކުރުމަށް ގުޅާނެ ނަމްބަރަކީ 7616007،7886008،7900850 އެވެ.

ކޮފީ ތަށި ރެސްޓޯރެންޓުން އެދެނީ ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށެވެ. އަދި މި ބަލިމަޑުކަމުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު