ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައިތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރ ތަކެއް ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ދޭން ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ، ކޮވިޑް19-ގެ މި ހާލަތުގައި ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކުގެ ސަބަބުން ޑިޖިޓަލް ޚިދުމަތްތަކަށް އިތުރަށް ބަރޯސާވާން ވަނީ ޖެހިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރެކޭ ވެސް އެއްފަދައިން، އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެން ދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ހަމަޖައްސާފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، ކަސްޓަމަރުންނަށް ހިލޭ ޑެޓާ ލިބިގެން ދާނީ ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައިއެވެ.

"މި ދަނޑިވަޅުގައި އިންޓަނެޓް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހައެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހާއްސަ އޮފަރތައް ތައާރަފުކޮށްފައި" ދިރާގުން ބުންޏެވެ.

އެގޮތުން ދިރާގުން ވަނީ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް %30 އިތުރު ޑޭޓާ މުޅިން ހިލޭ ފޮރުކޮށްދިނުމަށާއި ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އާ ދެމެދުގެ ހިލޭ ޑޭޓާ ޖޫން މަހުގައި ލިބިގެންދާނެ ގޮތަށް ހަމަޖައްސާފައެވެ.

އަދި ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާ ގޮތަށް ހަމަޖައްސާފައިވާއިރު، ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށާއި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުން ވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެން ދާ އިރު، %200 އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރަށްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ޕެކޭޖްތަކުން %30 އިތުރު ހިލޭ ޑޭޓާ އަލަވަންސް، ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓަރ އެކްޓިވޭޓް ކުރަށްވައިގެން %100 އިތުރު އެލަވަންސް، ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮން ތަކުން %30 ހިލޭ އުތުރު ޑޭޓާ އެލަވަންސް އާއި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރތަކުން 100% އިތުރު އެލަވަންސް ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ، ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ޑޭޓާ އެޑް-އޮން އަދި ބޫސްޓަރ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ 27 މޭ 2021 ގެ 12:00 އިން 30 ޖޫން 2021 ގެ ނިޔަލަށް ކަމަށެވެ.

އަދި ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން މިމަހުގެ 30 ގެ ކުރިން އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮންތަކަށް 50% ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް ދިރާގުން ބުންޏެވެ. އަދި އިންޓަނެޓްގެ ޚިދުމަތް މިދުވަސްރަވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުން ވެސް ބޭނުން ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު ޝާހް، ރ.ވާދޫ

    މީހުން ބޭރަށް ނުކުންނަނީ ޑޭޓާގަންނަންތަ؟

    23
    5
  2. މޯދީ ހާން

    "ހިލޭ"

    4
    1
  3. ވަގުތު

    "ހިލޭ" މި ލަފުޒު އަލުން މާނަކުރަން ފެނޭ. މިހާރު އޮންނަ ގޮތުންނަމަ ތިޔަކަށް ނުކިޔޭނެ ހިލޭ. އިޓްސް މޯލައިކް ބައިވަން ގެޓްވަން ފްރީ.

    4
    1