މިދިޔަ މަހު ތިން ރިސޯޓަކުން މުވައްޒަފުންނަށް މުސާރައިގެ އިތުރަށް ދިން ސާވިސް ޗާޖު 20،000ރ. އަށްވުރެ އިތުރުވެއްޖެއެވެ.

ވިހިހާހަށް ވުރެ ބޮޑު ސާވިސް ޗާޖެއް މިދިޔަ މަހު ދީފައި ވަނީ ވެލާ ޕްރައިވެޓް އައިލެންޑް، ވޯލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓު އަދި ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ވެލާ އިންނެވެ.

ވެލާއިން ވަނީ 1660 އެމެރިކާ ޑޮލަރުގެ ސާވިސް ޗާޖެއް ދީފައެވެ.

ދެ ވަނަ އަށް އިތާފުށިން ދީފައި ވަނީ 1486 ޑޮލަރުގެ ސާވިސްޗާޖެކެވެ. މި ލިސްޓުގެ ތިންވަނައިގައި ހިމެނޭ ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ 1380 ޑޮލަރެވެ. މި ތިން ރިސޯޓުގެ އިތުރުން ދެން އެންމެ މަތިން ސާވިސް ޗާޖު ޖެހިފައިވަނީ ޖޯލި މޯލްޑިވްސް، ދަ ނައުޓިލަސް މޯލްޑިވްސް އަދި ވަން އެންޑް އޮންލީ ރީތި ރަށުންނެވެ.

މި ތިން ރިސޯޓުން ވެސް ވަނީ 1000 ޑޮލަރަށް ވުރެ ބޮޑު ސާވިސް ޗާޖެއް ދީފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ގިނަ ރިސޯޓުތަކުން މުވައްޒަފުން އާންމުކޮށް ޗުއްޓީ އަދި އޮފް ދުވަހަށް ރަށުން ބޭރަށ ފޮނުވުން ވަނީ ހުއްޓާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެލެކުސް އޮބި

    މި ގޮތަށް ހަބަރު ލިޔުމުން އެންމެ އަސަރުކިރާނީ މަގޭ ރަށު ޓިންޓިންއަށް

    • މަގޭ ރަށު ޓިންޓިން

      ހައްހައްހާ ވަރަށް އަސަރުކޮށްފި😂😂

  2. މަނީމަނީސ

    ދިވެހި ކުންފުނި ތަކުން ހިންގާ ބައެއްރިސޯޓްތަކުން ސާވިސްޗާޖަށް މަކަރުހަދާ

  3. ކޮރަލް

    ތިޔަ ތަންތަނުގަ ދިވެހީންގެ ނިސްބަތް ހުރި ވަރު ބަލާލަ ބަލާށެވެ. ބައެއް ބިދޭސީން ފިލަން ރިސޯޓް ތަކަށް ދެއެވެ. އަދި ކޯޓާ އަށް ވުރެ އިތުރަށް ބިދޭސީން ގެންގުޅެ އެވެ.