މިހާރު ފެށިގެން ކުރިއަށްދާ ޔޫރޯ 2020 ގެ މެޗްތައް ރައްޓެހިންނާއި އެކީ ބެލުމަށް ހައިސެންސް ޓީވީ ރެޑްވޭވުން ތައާރަފް ކޮށްފިއެވެ.

ރެޑްވޭވުން ބުނީ، ދިވެހިންނަކީ ފުޓުބޯޅައަށް ވަރަށް ފޯރި ހުންނަ ބައެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކަށް ވެސް ދިވެހިންގެ ބޮޑު ސަމާލުކަމެއް ލިބި، "މަގޭ ޓީމު، މަގޭ ޓީމު" ކިޔައި ފޯރީގައި މެޗުތައް ބަލާ ސަޕޯޓަރުން އެހާމެ ގިނަ ވެގެން ގޮސްފައިވާ ކަމަށެވެ.

އެހެން ކަމުން ޔޫރޯ 2020 ގެ އިންތިޒާރުގައި ލޭކެކި ކެކި ތިބި ދިވެހިންނަށް، ކުރީގައި ބޮޑު ސްކްރީންގައި ރައްޓެހިންނާއެކު މެޗުތައް ބަލައި އުޅުނުހެން އެ މެޗުތައް ބެލުމުގެ ފުރުސަތު މިއަދު ނެތަސް، އެކުވެރިންނާއި ޢާއިލާއާއެކު މެޗުތައް ބަލައިލުމަށް އެންމެ އެކަށޭނެ ޓީވީތަކެއް ރެޑްވޭވުން ތައާރަފްކޮށްފައިވާ ކަމަށް ރެޑްވޭވުން ވަނީ ބުނެފައެވެ.

"ޔޫރޯ ޗެމްޕިއަންޝިޕްގެ ސްޕޮންސަރއެއް ކަމަށްވާ "ހައިސެންސް" ބްރޭންޑްގެ އެކި މޮޑެލްތަކުގެ ޓީވީ މިވަގުތު ރެޑްވޭވުން ލިބެންހުރިއިރު، މި ބްރޭންޑަކީ މުޅިދުނިޔޭގައި ވެސް ނަންހިނގާ ޓީވީ ބްރޭންޑެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން "އަޕްގްރޭޑް ސުކައުޑް"ގެ ނަމުގައި ރެޑްވޭވްއިން ވަނީ ހައިސެންސްގެ މިހާރު ގެ މޮޑެލްތަކުގެ އައުސްޓޮކެއް ގެނެސް، ހައިސެންސް ޓީވީގެ މުޅިންއައު މޮޑެލްތަކެއް ވަރަށް ހާއްސަ އަގުތަކެއްގައި ތައާރަފްކޮށްފައެވެ." ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ، ހައިސެންސް ޓީވީއަކީ ޑައިނެމިކް ރޭންޖް އަދި ސްމޫތް މޯޝަން ރޭޓް މަތި ޓިވީއެއްކަމުން މަންޒަރުތައް ފުސްކަމެއް ނެތި ވަރަށް ސާފުކޮށް އަދި އަލިދަގަކޮށް ދައްކުވައިދޭ ޓިވީއެއް ކަމަށެވެ. އަދި ގޭމެއް ކުޅެލަން ވިޔަސް ހަމަ އެއް ވަނައިގެ ޓީވީއެއް ކަމަށް ރެޑްވޭވުން ބުންޏެވެ.

މީގެއިތުރުން، ހައިސެންގެ ޔޫއެޗްޑީ އަދި ކިއުލެޑްގެ ޓީވީތަކަކީ އޭގެ ކޮލިޓީއާއި މަންޒަރުގެ ދެވަނައެއް ނުވާފަދަ ދުނިޔޭގައި ނަންމަޝްހޫރި މޮޅު ޓީވީ ތަކެއް ކަމަށް ރެޑްވޭވުން ބުންޏެވެ.

މި ޓީވީގެ ގިނަ ސައިޒުތައް މިވަގުތު ރެޑްވޭވުން ލިބެން އެބަހުއްޓެވެ. ރެޑްވޭވްގެ އައުޓްލެޓަކަށް ޒިޔާރަތްކޮށްގެން އެ ޓީވީތައް ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ނޫންނަމަ ގޭގައި ތިބެގެން https://redwave.mv އިން ވެސް މި މައުލޫމާތުތައް ބަލައި އޯޑަރުކުރެވޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.