ރެޕޮކް ބްރޭންޑުގެ ކޮލިޓީ ބޭކިން ޕޭޕަރު ސޮއްޓި ބިޒް އިން ވިއްކަން ފަށައިފިއެވެ.

ކޭކާއި ކުކީސް ފަދަ ތަކެތި ފިހުމަށް ބޭނުން ކުރާ މި ކަރުދާހަކީ އަވަނަށް ލި ނަމަވެސް ހަލާކުނުވާ ކަރުދާހެކެވެ. އަދި ހަކުރާ ޗީޒް އާއި ބަޓަރު ކަހަލަ ތަތްލަވާ ޒާތުގެ ތަކެތި މި ކަރުދާހަށް ލުމަށްފަހު އަވަނަށްލިޔަސް ކަރުދާހުގައި އެ ތަކެތި ތަތް ނުލަވާނެއެވެ.

އާއްމުކޮށް މި ކަރުދާސް ބޭނުން ކުރަނީ އަވަނުގެ ޓްރޭގައި ނުވަތަ ފިހަން ވެގެން ގެންގުޅޭ ތަވާގައި ތަތްލަވާނެތީއެވެ.

ބައެއް ބޭކިން ޕޭޕަރުތަކުގައި ތެޔޮ ކަމެއް ހުރުމުގެ ސަބަބުން ކޭކު ކަހަލަ ތަކެތި ފިހަން އުނދަގޫވެއެވެ. ނަމަވެސް ރެޕޮކްގެ މި ކަރުދާހުން އޭގެ އެއްވެސް އުދަނގުލެއް ދިމާ ނުވާނެއެވެ.

ރެޕޮކް ބްރޭންޑުގެ ބޭކިން ޕޭޕަރު ސޮއްޓިބިޒް އިން ލިބެން ހުންނާނީ އެންމެ 40ރ. އަށެވެ. އެ ފިހާރައިން އޯޑަރު ކުރަން ބޭނުންވާނަމަ 7449955އަށް ނުވަތަ 7750004އަށް ގުޅުމުން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ސޮއްޓިބިޒް ފިހާރަ ހުންނާނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކައިރީގައެވެ.