ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އިން ލޯން ސްކީމެއް އެކުލަވާލާފައިވާ ފޯމު މި މަހުގެ 20 ގައި ބަލައިގަންނާނެ ކަމަށް ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) އިން ވިދާޅުވެއްޖެއެވެ.

ސްޓިމިއުލަސް ލޯނަކީ މޭއި މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އިއުލާން ކުރެއްވި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފް ކުރެވިފައިވާ ލޯން ސްކީމެކެވެ.

ބީއެމްއެލުން ވިދާޅުވީ، މި ބަލިމަޑު ކަމާއި ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާއި ހަމަޔަށް ފައިނޭންސަށް އެދި ހުށަހެޅޭނެއެވެ.

މިއީ %6 ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެއް ކަމަށާއި ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލުން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލުން ވިދާޅުވީ، މި މަހުގެ 20 އިން ފެށިގެން މި ލޯނަށް އެދި ހުށަހަޅާ ފޯމް އެ ބޭންކުން ބަލައިގަންނަމުން ދާނެ ކަމަށާއި މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިސޯޓް ބޯއީ

    ރިސޯޓް ތަކުން އަ ދިވެސް ހަމަމުސާރަނު ދޭ ގިނަ އިންމިއުޅެނީ ތަންތަން ކުއްޔަށްނަގާގެން ރިސޯޓް ތަކުގަ އުޅޭ މުއައްޒަފުންނަށް ލުއިގަޮތަކަށް ލޯނެއް ލިބޭނީ ގޮން ދުވަހަކުން؟؟؟؟

  2. އަހައްމަދު

    ކޮއްމެވެސް ކބޭފުޅެއް ބުނެދީބަލަ މީ އިސްލާމީ ލޯނެއްތަ ނޫނީ ރިބާ ލޯނެއްތަ؟

    • ނަން

      ރިބާ ލޯނެއް