ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި 20 ޖޫން އިން ފެށިގެން 24 ޖޫން އާއި ހަމައަށް ކަސްޓަމަރ ސަރވިސް ސެންޓަރުތައް ހުޅުވައި ކާޑުތައް ދޫކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވެއްޖެއެެވެ.

ބީއެމްއެލުން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ބޭންކުގެ ހުރިހާ ބްރާންޗް ތަކާއި ސަރވިސް ސެންޓަރުތައް ަބަންދުވީ ނަމަވެސް، އެ މުއްދަތުގައި ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 14:00 އާއި ހަމައަށް ކާޑު ދޫކުރުމުގެ ހިދުމަތް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދު ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

ބީއެމްއެލުން ވިދާޅުވީ، ކަސްޓަމަރުންގެ ތެރޭގައި ތިބި ހުއްދަ ލިބިފައިވާ ފަރާތްތަކަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި ( ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ.

އޭގެތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެއެވެ. އަދި އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

އިތުރު މައުލޫމާތާއި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ތަފްސީލް:-

  • އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) [email protected] އީމެއިލް
    މެދުވެރިކޮށް ފޮނުވޭނެއެވެ. ފަސޭހައިން މި ހިދުމަތް ހޯދުމަށްޓަކައި، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޓީޓީ ޚިދުމަތަށް އެދި ހުށަހެޅުމަށް އެދެމެވެ.
  • ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން

  • ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/business/banking- services/payroll-service މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
  • ބީއެމްއެލް އެކައުންޓަކަށް ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.
  • އެހެން ބޭންކެއްގެ އެކައުންޓަަށް ޖަމާކުރާނަމަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސްކުރެވޭނެއެވެ.

ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް

  • މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ.
  • އެމްއެމްއޭ ހުޅުވާފައި ހުންނަދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 ކުރިން ޖަމާކުރާ ޗެކްތައް ކްލިއަރކުރުމަށް އެދުވަހަކު ފޮނުވޭނެއެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން

  • މި މުއްދަތުގައި އަންނަ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި މި ހިދުމަތް ލިބޭނެއެވެ.
  • ހެނދުނު 11:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.
  • ހެނދުނު 11:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.
  • ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ. ފޯމް ފުރިހަމަކޮށް އަދި ސޮައިކުރުމަށްފަހު [email protected] އަށް ފޮނުވުން އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު