ސޮއްޓި ބިޒް ފިހާރައިގެ ހުސްކުރާ ސޭލްގެ ދަށުން ކިއްލި ކޮތަޅު ވިއްކާ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފިއެވެ.

އެ ފިހާރައިން ވަނީ ކިއްލި ކޮތަޅު ކިލޯއެއް އެންމެ 199ރ. އަށް ކުޑަކޮށްފައެވެ. މިއީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ކިއްލި ކޮތަޅު ހުރި އެންމެ ކުޑަ އަގެވެ.

ސޮއްޓި ބިޒް އިން ލިބެން ހުރި ކިއްލި ކޮތަޅު ސައިޒުތަކުގެ ތެރޭގައި 4-6 ސެންޓިމީޓަރާއި 6-8 ސެންޓިމީޓަރާއި 7-10 ސެންޓިމީޓަރާއި 8-12 ސެންޓިމީޓަރާއި 10-15 ސެންޓިމީޓަރުގެ އިތުރުން 14-20 ސެންޓިމީޓަރާއި 17-24 ސެންޓިމީޓަރުގެ ސައިޒުތައް ހިމެނެއެވެ.

މި ކޮތަޅުތަކަށް ކިއްލި ކޮތަޅު ކިނަމަވެސް އެހެނިހެން ބައެއް ކަންކަމުގައި މި ކޮތަޅުތައް ބޭނުން ކުރެވޭނެއެވެ. އާއްމުކޮށް މި ކޮތަޅުތައް ބޭނުން ކުރަނީ ކިއްލި އާއި ހެލަބެލި އަދި ސަނާމުގާއި ފޯއް ފަދަ ތަކެތި ބަންދު ކޮށް ވިއްކުމަށެވެ.

މި ކޮތަޅުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ 7449955އަށް ގުޅައިގެން ވިޔަފާރި ކުރެވޭނެއެވެ. އެ ފިހާރައިން މާލޭގެ ގެތެކަށާއި ބޯޓު ފަހަރުތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ސޮއްޓިބިޒް ފިހާރަ ހުންނަނީ ޗާންދާނީ މަގު ޖަލާލުއްދީން މިސްކިތް ކައިރީގައެވެ.