ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށް ހޮވަން ބޭއްވި މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ރިސޯޓެއް ހިނގައްޖެއެވެ.

އެމެރިކާގެ ކިވީ އޭޖެންސީ ކުރިއަށް ގެންދާ "ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް" މުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ ރާއްޖޭގެ "ވެލިގަނޑު އައިލެންޑް ރިސޯޓު" އެވެ.

މި މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ވެލިގަނޑު ރިސޯޓާއި ވާދަ ކުރަނީ ސީޝެލްސްގެ ރިސޯޓެއް ކަމަށްވާ އެންސް ކޮކޯއާ އެވެ. މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ރިސޯޓެއް ގޮސްފައިވަނީ ހަތަރު ބުރެއްގައި ވާދަކޮށްގެންނެވެ.

ކިވީ އޭޖެންސީން ބުނީ، ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށް ހޮވުމުގެ މުބާރާތަށް ވޯޓު ދިނުން މިއަދު ހުޅުވިފައިވާ ކަމަށާއި ވޯޓުން ލުން ކުރިއަށް އޮތް 24 ގަޑިއިރަށް ދެމިގެން ދާނެ ކަމަށެވެ. އެގޮތުން ވޯޓުލާން ބޭނުންވާ ފަރާތްތަކުން ކިވީ ގެ އިންސްޓަގްރާމް އެކަންޓުގައިވާ ޕޯސްޓުތަކަށް ވޯޓު ދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އއ. އަތޮޅުގައި އޮންނަ ވެލިގަނޑު ރިސޯޓަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދިގު ގޮނޑުދޮށެއް އޮންނަ ރިސޯޓެކެވެ. މި ރިސޯޓަކީ ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް ގޮނޑުދޮށް އޮތް އެއް ރަށެވެ. އެ ރިސޯޓުގެ ބީޗްގެ ދިގުމިނުގައި 150 މީޓަރު ހުރެ އެވެ.