ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކާޑު ޑީއެކްޓިވޭޓް ކުރަނީ ހީލަތްތެރި މުއާމަލާތް ހިނގިޔަ ނުދިނުމަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ބައެއް ކާޑުތަކުގެ މައުލޫމާތު ބޭރުގެ ބައެއް ވެބްސައިޓްތަކުގައި ކޮޕްރައިޒް ކުރާކަން ބައިނަލް އެގްވާމީ ކާޑު އެޖެންޓްތަކުން އެ ބޭންކަށް ވަނީ އަންގާފައެވެ. މިއާއެކު މިފަދަ ހީލަތްތެރި މުއާމަލާތްތަކެއް ހިނގިދިޔަ ނުދިނުމުގެ ގޮތުން ބައެއް ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ކާޑް ޑީއެކްޓިވޭޓް ކުރިކަން އެ ބޭންކުން ދަނީ އަންގަމުންނެވެ.

އެކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ، އެ ބޭންކްގެ ބައިނަލްއަގްވާމީ ކާޑް ޕާޓްނާރސްގެ އެހީތެރިކަމާއެކު، އެއްވެސް މިންވަރަކަށް ޑޭޓާ ކޮމްޕްރޮމައިޒް ކުރާކަން ފާހަގަ ވެއްޖެނަމަ، ނުގަވައިދުން އެއްވެސް ކާޑަކުން މުއާމަލާތެއް ހިންގުމުން ކަސްޓަމަރުން ރައްކާތެރިކޮށްދިނުމަށްޓަކައި، އެފަދަ ޑޭޓާ ކޮމްޕްރޮމައިޒްއަކާއި ގުޅުން ހުރި ހުރިހާ ކާޑުތަކެއް ޑީއެކްޓިވޭޓް ކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެެވެ.

"މިގޮތުން ޑޭޓާ ކޮމްޕްރޮމައިޒްވި ވަރަށް މަދު އަދަދެއްގެ ކާޑުތަކުގެ ކަސްޓަމަރުންނަށް ބޭންކުންވާނީ މިކަމާ ގުޅޭ ގޮތުން އީމެއިލް ފޮނުވާފައި". އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ، ކާޑު ޑިއެކްޓިވޭޓްކޮށް އައު ކާޑެއް ހެއްދުމަށްފަހު ބޭންކުން ކަސްޓަމަރަށް އަންގާނެ ކަމަށެވެ.

މިއީ ކަސްޓަމަރުގެ އެކައުންޓްގެ ނުވަތަ ކާޑުގެ މައުލޫމާތު މި ބޭންކުން ބޭރުވެގެން ހިނގާފައިވާ ކަމެއް ނޫން ކަމުގެ ޔަގީންކަން އެ ބޭންކުން ދިނެވެ.

ކިޔުންތެރިންގެ ހިޔާލު