ދުނިޔޭގެ އެންމެ ގިނަބަޔަކު ބެލި އެޕަލްގެ ބޮޑު އިވެންޓުގައި ދިރާގުގެ ލޯގޯ ދައްކާލައިފިއެވެ.

މިއިވެންޓް ފަށާފައި ވަނީ ރާއްޖެ ގަޑިން ރޭ 10:00 ޖެހިއިރުއެވެ. އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ގިނަ ބަޔަކު ހިމެނޭހެން 1.8 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އިވެންޓް ވަގުތުން ބަލާފައެވެ.

އެޕަލް އިވެންޓުގެ ތެރެއިން ދިރާގުގެ ލޯގޯ ފެނިގެން ގޮސްފައިވާއިރު، މިއީ ދުނިޔޭގެ މިފަދަ ބޮޑު އިވެންޓެއްގެ ތެރެއިން ދިވެހި ކުންފުންޏެއްގެ ލޯގޯ ދައްކާލި ފުރަތަމަ ފަހަރެވެ. ދިރާގުގެ ލޯގޯ އެޕަލް އިވެންޓުގެ ތެރެއިން ދައްކާލާފައިވަނީ ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަންގެ ބްރޭންޑްތަކާއި އެކުއެވެ.

އެ ކުންފުނީގެ ލޯގޯ ދައްކާލީ މި ވަގުތު ދުނިޔޭގައި 5ޖީ ނެޓްވޯކުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް ދައްކާލުމުގެ ތެރޭގައެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގަކީ ދެކުނު އޭޝިއާގައި ވެސް އެންމެ ފުރަތަމަ 5ޖީ ތައާރަފު ކުރި ކުންފުންޏެވެ. އެކުންފުނިން ރާއްޖެއަށް މުވާސަލާތީ ހިދުމަތް ދެމުން އަންނަތާ 31 އަހަރު ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްލާރައްކާ

    ވަރަށް އުފާވެއްޖެ މިހަބަރުކިޔާފަ އަދި މިއަށްވުރެ ބޮޑަށްއުފާވާނެ ހަބަރެއްގެ އިންތިޒާރުގަ މިހުރީ ،އެއީ ދިރާގު ސައްތަ އިން ސައްތަ ދިވެހި ކުންފުންޏަކަށް ބަދަލުވެއްޖެ ކަމުގެ ހަބަރަށް.